ހަނދުމަކޮށްދިނުމެއް!: ކޮންމެ މުސްލިމަކަށްވެސް އެގެން ޖެހޭ ކަންކަމުގެ ތެރެއިން: ﷲ ކުރައްވަވާފައިވާ އެންމެ މުހިއްމު އަމުރުފުޅާ ނަހީކުރައްވަވާފައިވާ އެންމެ ބޮޑު ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ހަނދުމަކޮށްދިނުމެއް!: ކޮންމެ މުސްލިމަކަށްވެސް އެގެން ޖެހޭ ކަންކަމުގެ ތެރެއިން: ﷲ ކުރައްވަވާފައިވާ އެންމެ މުހިއްމު އަމުރުފުޅާ ނަހީކުރައްވަވާފައިވާ އެންމެ ބޮޑު ކަންތައް!

ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ކުރައްވާފައިވާ އެންމެ މުހިއްމު އަމުރަކީ ކޮބާ؟ އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ނަހީކުރައްވާފައިވާ އެންމެ ބޮޑު ކަމަކީ ކޮބާ؟  

ޖަވާބު: ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް އަމުރުކުރައްވާފައިވާ އެންމެ މުހިއްމުކަމަކީ އަޅުކަންކުރުމުގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އަދި އެއިލާހު އަހަރެމެންނަށް ނަހީކުރައްވާފައިވާ އެންމެބޮޑުކަމަކީ އެއިލާހަށް ޝިރުކުކުރުމެވެ. 

އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށްނޫން އެހެންފަރާތްތަކަށް އަޅުކަންކުރުމާއި ﷲ ސުބްޙާނަހޫ ވަތަޢާލާއާއި އެހެންފަރާތްތަކާ ބައިވެރިކުރުމެވެ. އަޅުކަމުގެ އެއްވެސް ވައްތަރެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ނޫން ފަރާތަކަށް އަނބުރާލައިފި މީހާ އޭނާ އެހެން ރައްބެއް އަދި އިލާހެއް ޢައްޔަންކޮށްފިއެވެ. އަދި އެމީހާ ﷲ އާ އެހެންފަރާތަކާ ޝަރީކުކޮށްފިއެވެ. ނުވަތަ އަޅުކަމުގެ ވައްތަރުތައް އެހެން ފަރާތަށް އަނބުރާލައިފިއެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

 

މިއަދު އޮންލައިން