ކައިވެނީގެ ފުރަތަމަ ރޭ ދެމަފިރިން އެކުގައި، ފިރިމީހާ އިމާމުވެ ހުރެ ސުންނަތް ނަމާދެއްކުރުން ސުންނަތްވެގެން ވެއެވެ. މި ނަމާދު ކުރާއިރު އަންހެންމީހާ ހުންނާނީ ފިރިހެން މީހާއާއި ޖެހިގެން ކަނާތްފަރާތުގައެވެ. އަދި ސުންނަތް ދެ ރަކުޢަތް ކޮށް ނިމިގެން އަންހެން މީހާގެ ނިތްކުރީގައި އަތް އަޅައި
اَللّهُمَّ إِنِّيْ أَسْأَلُكَ مِنْ خَيْرِهَا وَ خَيْرِ مَا جَبَلْتَهَا عَلَيْه وَ أَعُوْذُبِكَ مِنْ شَرِّهَا وَ شَرِّ مَا جَبَلْتَهَا عَلَيْه
މިފަދައިން ކިޔާނީއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް