ލޯބިވާ މީހާގެ ކިބައިން ލަނޑުލިބުމުން ސަލާމަތްވެވެން އޮތް ހަމައެކަނި ޙައްލު! މިއީ ޔަޤީން ޙައްލެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ލޯބިވާ މީހާގެ ކިބައިން ލަނޑުލިބުމުން ސަލާމަތްވެވެން އޮތް ހަމައެކަނި ޙައްލު! މިއީ ޔަޤީން ޙައްލެއް! އިން ޝާ ﷲ

އިންސާނުންނަށް ލޯތްބާއި ނުލައި އުޅެވޭނެ ގޮތެއް ނެތެވެ. ކޮންމެ މީހަކުވެސް ލޯބި ބޭނުންވެއެވެ. ތިމާ މީހަކު ދެކެ ލޯބިވާން ބޭނުންވެއެވެ. ތިމާ ލޯބިވާ މީހާގެ ކިބައިން ލޯބިލިބެންވެސް ބޭނުންވެއެވެ. 

ތިމާ އެމީހަކު ދެކެ އެންމެ ލޯބިވާ މީހާއަށް ލޯބި ނުދެވުނަސް އަދި އޭނާގެ ކިބައިން ލޯބި ނުލިބުނަސް އިންތިހާއަށް ކަންބޮޑުވެއެވެ. އަދި އެކަން ވެގެންދަނީވެސް އެންމެ ބޮޑަށް ކަންކަންބޮޑުވާ ކަންތައް ކަމުގައެވެ. 

ގިނަ މީހުން އެންމެ ލޯބިވަނީ ފައިސާދެކެ ކަމަށް ބުނާބައަކުވެސް އުޅެއެވެ. ނަމަވެސް އަހުރެންނަށް ވިސްނޭ ގޮތުގައެވެ. އެއީ ކުށް ބަހެކެވެ. ނުބައި ވިސްނުމެކެވެ. ސަބަބަކީ ގިނަ މީހުން އެންމެ ބޮޑަށް ކަންބޮޑުވަނީ ތަނަވަސްކަން ނުލިބިގެނެއް ނޫނެވެ. ލޯބި ނުލިބިގެންނެވެ. އަދި ތަނަވަސްކަން ލިބިފައިވާ މީހުންނަށްވެސް ލޯބި ނުލިބުމުން ކަންބޮޑުވެއެވެ.  

މުހިރިހާ ކަމަކުންވެސް އެނގެނީ ލޯބީގެ މުހިންމު ކަމެވެ. ކޮންމެ މީހަކުވެސް ލޯބިދޭށާއި  ލޯބިލިބެންވެސް ބޭނުންވާ ކަމެކެވެ. އެހެންކަމާއިއެކުވެސް ނިކަން ބުނެބަލާށެވެ؟ ލޯބީގައި ލަނޑެއް ނުވަތަ ލަނޑުތަކެއް ނުލިބޭ މީހަކު އެބަހުރިހެއްޔެވެ؟ މިއަށްވުރެ ބޮޑަށް ޙައްލު ބޭނުންވާ މައްސަލައެއް އެބައޮތް ހެއްޔެވެ؟ އަހުރެންގެ ޖަވާބަކީ ނެތެވެ. 

ޙައްލަކީ ކޮބައި ހެއްޔެވެ؟ އަހުރެން ބުނާނީ އޮތް ހަމައެކަނި ޙައްލަކީ ކިތަންމެ ގިނައިން ލޯބިވާކަމަށް ބުނި ނަމަވެސް ޢަމަލުން އެކަން ނުދެއްކާނަމަ ލޯބިވާކަމަށް ޤަބޫލުނުކުރުމެވެ. ޢަމަލުން ދެއްކުމަކީ ތިމާއަށް ޚަރަދުކުރުން ނޫންކަމާއި ޢަމަލުން އެކަން ދެއްކުންކަން ޤަބޫލުކުރުމެވެ. 

ޙައްލަކަށް އަހުރެންގެ ނަޞީޙަތަކީ ލޯބިވާކަމަށް ބުނީމާ އެއަޑު ހަމައެކަނި ކަންފަތާއި ހަމައިގައި ބަހައްޓާށެވެ. ވަރަށް ބޮޑަށް ލޯބިވާކަމަށް ކިތަންމެ ގިނައިން ބުނި ނަމަވެސްމެއެވެ. ހަމައެއާއެކު ޤަބޫލުކުރަންޖެހޭނެ ކަމަކީ ލޯބިވާ މީހަކު ބޭވަފާތެރިނުވާނެ ކަމެވެ. 

ޙަޤީޤީ ލޯބިވާ މީހަކު ބޭވަފާތެރިއެއް ނުވާނެއެވެ. ހިތުގައި ޖެހޭނެ ކަމެއްވެސް ނުކުރާނެއެވެ. ވީމާ ކިތަންމެ ގިނަފަހަރު ތިބާ ދެކެ ލޯބިވާކަމަށް ބުނި ނަމަވެސް އެއަޑު ހިތާއި ހަމައަށް ފޮނުވަންވާނީ އެމީހާގެ ޢަމަލުތަކުން އެކަން ދައްކާނަމައެވެ. މިނޫން އެއްވެސް ޙައްލެއް އަހުރެންނަކަށް ނުވިސްނެއެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން