މައިންބަފައިންނަށް ޚިދުމަތްކުރުމުގަ އެންމެ މަތީ ފެންވަރަށް ދެވުމަކީ އެމީހަކަށް ސުވަރުގެ ލިބުމަށް އޮތް އެންމެ ފަސޭހަ އެއް މަގު- އެންމެ މަތީ ފެންވަރަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މައިންބަފައިންނަށް ޚިދުމަތްކުރުމުގަ އެންމެ މަތީ ފެންވަރަށް ދެވުމަކީ އެމީހަކަށް ސުވަރުގެ ލިބުމަށް އޮތް އެންމެ ފަސޭހަ އެއް މަގު- އެންމެ މަތީ ފެންވަރަކީ ކޮބާ؟

ކީރިތި ޤުރްއާނުގައިވާ "އަލްބިއްރު البر" މިބަސްފުޅުގެ ތަފްސީރުގައި ބައެއް ޢިލްމްވެރިން ބަޔާންކުރައްވަވާ ގޮތުގައި އެއީ ﷲ ތަޢަލާއަށް ކިޔަމަންތެރިކަން އަދާކުރުމާއި ހެޔޮ ޢަމަލުތައް ކުރުމާއި ރިވެތި އަޚްލާޤްގެ މަތީގައި ޘާބިތުވުމުގައި އެންމެ މަތީ މިންވަރަށް ދެވުމެވެ. 

މައިންބަފައިންނަށް ޚިދުމަތްކުރުމުގައި ނުވަތަ ހެޔޮކޮށް ހިތުމުގައި ހަމައެކަނި އެމީހުން ބުނާ ކަންކަން ކޮށްދިނުމަކުން އެންމެ މަތީ ފެންވަރަކަށް ނުދެވޭނެއެވެ. އެންމެ މަތީ ފެންވަރަށް ދެވޭނީ އެމީހުން ނުބުނަނީސް ނުވަތަ ނުއެދެނީސް އަމިއްލައަށް އިސްނަގައިގެން ނުވަތަ އަމިއްލައަށް ވިސްނިގެން އެމީހުންނަށް ބޭނުންވާނެ ކަންތައްތައް ކޮށްދިނުމުންނެވެ.  

މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައި މުމިނަކު އެފެންވަރަށް ހިނގައްޖެނަމަ އެކަން ވެގެންދާނީ އިން ޝާ ﷲ އެމީހަކަށް ފަސޭހަކަމާއިއެކު ސުވަރުގެ ވަދެވޭނެ ސަބަބަކަށެވެ. އެހެނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބެން އޮތް ޢަމަލެކެވެ. އެޢަމަލުކުރުމުގައި އެންމެ ކުރިއަރައިދެވިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެންމެބޮޑަށް ލިބިގެންދާނެތީއެވެ. އިން ޝާ ﷲ  

ވީމާ މަންމަ ގުޅާފައި ކަންކަމަށް އެދެން ނުޖައްސުވާށެވެ! ކުރިއާލައި މަންމަގެ ޙާލުބަލައި ބޭނުންވާނެހެން ހީވާ ކަންކަންވެސް ކޮށްދެމުން ގެންދާށެވެ! އިން ޝާ ﷲ އެއިރުން އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ.

 

- އިން ޝާ ﷲ

މިއަދު އޮންލައިން