ހެޔޮ ގޮތްތައް މިންވަރު ކުރެއްވެވުމަށާއި ސުވަރުގެ ލިބެން އެދޭމީހާ އިސްލާމް ދީން މަތިވެރިކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ހެޔޮ ގޮތްތައް މިންވަރު ކުރެއްވެވުމަށާއި ސުވަރުގެ ލިބެން އެދޭމީހާ އިސްލާމް ދީން މަތިވެރިކުރާށެވެ!

އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރަން މަސައްކަތްކުރާށެވެ! ކުރިން އުޅެވުނު ގޮތާއިމެދުވެސް ނުވިސްނާށެވެ! ހެޔޮމަގު ވިސްނި ތައުބާވުމުން ކުރިން އުޅެވުނު ގޮތާއި ކުރެވުނު ކަންކަން އެވަނީ ތަޢާލާގެ ޙަޟްރަތުގައި ބާޠިލުވެފައެވެ. ﷲ ތަޢާލާއީ ކުރިން ކުރެވުނު ފާފަތަކަކީ ކުރެވުނު އަޅުކަމަށް ބަދަލުކޮށްދެއްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ.

ތިމާއަކީ އިސްލާމް ދީނާއިމެދު ކުރިން ނުބައި ބަސްތަކެއް ބުނެވުނު މީހަކަށްވެސް ވެދާނެއެވެ. އެކަމަށްވެސް ކަންބޮޑުނުވާށެވެ! ތައުބާވެ ހެޔޮބަސްތައް ބުނަން ފަށާށެވެ! ތައުބާވުމުން ކުރިން ބުނެވުނު ބަސްތައް އެވަނީ ނިމިގެބންގޮސްފައެވެ. މިހާރު ތިބާބުނާ ހެޔޮބަސްތަކަށް އިމެއް ނެތި ޘަވާބު އިތުރުކުރައްވަވަމުން ގެންދަވާނެތެވެ.  

ހެޔޮމަގު ފެނުމުން ނުވަތަ ވިސްނުމުން ކުރިން ބުނެވިފައިވާ ނުރަނގަޅު ބަސްތައް ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އަވަހަށް ޑިލީޓްކޮށްލާށެވެ. ބަދަލުގައި ކުރިން މިބުނި ފަދައިން ވީހާ ގިނައިން ހެޔޮ ބަސްތައް ބުނަން މަސައްކަތްކުރާށެވެ! އެއިރުން ދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އަދި ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ 

ޔަޤީންކޮށް އުފާކުރަންވީ ﷲ ތަޢާލާގެ ޙަމްރަތުގައި އެންމެ ބޮޑުފާފަކަމަށްވާ ޝިރުކުރުމުގެ ފާފަވެސް ތައުބާވުމުން ފުއްސަވައި ދެއްވަވާ ކަމަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން