އެންމެ ގިނަ ބައަކު ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ބަނގުރޫޓުވެ ސަލާމަތް ނުވެވޭނީ އަނބިދަރިންނަށް ކުރާ އަނިޔާގެ ސަބަބުންކަމަށްވުން ވަރަށް ގާތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެންމެ ގިނަ ބައަކު ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ބަނގުރޫޓުވެ ސަލާމަތް ނުވެވޭނީ އަނބިދަރިންނަށް ކުރާ އަނިޔާގެ ސަބަބުންކަމަށްވުން ވަރަށް ގާތް!

ފުރަތަމަވެސް ބަލައިލަންވީ އަނިޔާވެރިވުމަކީ ކޮބައިކަމާއިމެދުގައެވެ. ތަފާތު ބާވަތްތަކުގެ އަނިޔާތައް ގިނަވަމުން އައިސް އަނިޔާއަކީ ކޮބައިކަންވެސް ގިނަ ބައަކަށް މިވަނީ އޮޅިފައެވެ. ވީމާ ފުރަތަމަވެސް ވިސްނާލަންވީ އަނިޔާވެރިވުމަކީ ކޮބައިކަމާއިމެދުގައެވެ. 

އަނިޔާވެރިވުމަކީ މީހުންނަށްކުރާ ޖިސްމާނީ އަނިޔާއެއް ނޫނެވެ. މީހުންގެ ލޭކޮށާލައި ގިނަވަންތައް ބިންދައި ހެދުމެއް ނޫނެވެ. މީހުންގެ ޙައްޤުތަކަށް އަރައިގަތުމަކީވެސް އަނިޔާއެއް ފަދައިން މީސްތަކުންނަށް ދޭންޖެހޭ ޙައްޤުތައް ނުދީ ހިފެހެއްޓުމަކީވެސް ދެވޭ އަނިޔާއެކެވެ. 

އެގޮތުން އަނބިދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރުމަކީ ދެވޭ އަނިޔާއެކެވެ. (އެއިގެ ތެރޭގައި ޚަރަދު ނުކުރުމުގެ އިތުރުން ޚަރަދުދިން ނަމަވެސް ދޭންޖެހޭ ލޯތްބާއި އަޅައިލުން ނުދިނުމަކީވެސް ދެވޭ އަނިޔާއެކެވެ.) 

ޙަދީޘްފުޅެއްގައި ވަނީ އަނިޔާވެރިވާ މީހާ މީސްތަކުންނަށް އަނިޔާވެރިވެ އެކަންކުރުމުގައި ހުންނަން މުއްދަތު ދެއްވަވާ ކަމަށާއި އެ މުއްދަތު ހަމަވުމުން ﷲ ތަޢާލާ އޭނާ ހިއްޕަވާނެ ކަމަށެވެ. އަދި ﷲ ތަޢާލާ އޭނާ ހިއްޕެވުމުން އޭނާއަށް ސަލާމަތްވެވޭނެ އެއްވެސް މަގެއް ނުއޮންނާނެއެވެ.

(ވީމާ ވިސްނައިލަންވީ އަނބިދަރިންނަށް އަނިޔާވެރިވުންމަތީގައި މީހަކަށް ދުވަސްތަކެއް ފާއިތުކުރެވިދާނެ ކަމާއި ނަމަވެސް އެކަމަށް ﷲ ތަޢާލާ ނިމުމެއް ގެންނަވާނެ ކަމެވެ. އަނިޔާކުރާ މީހާ ދެރަނިކަމެތި ކުރައްވަވާނެ ކަމެވެ. އޭނާއަށް މުޞީބާތްތައް ކުރިމަތިކުރައްވަވާނެ ކަމެވެ. ބިރުވެތިވާންވީ އެކަންކަން ކުރިމަތިކުރެއްވެވުމުން އެކަންކަމުން އޭނާއަށް ސަލާމަތް ނުވެވޭނެތީއެވެ.)

ބިދޭސީން ނުވަތަ އެނޫން މީހުން ލައްވައި މަސައްކަތްކުރުވާފައި ދޭންޖެހޭ އުޖޫރަ ނުދީ ލަސްކުރުމަކީ ވެސް އަނިޔާއެކެވެ. އެއްގޮތަކަށް ނުދިނުމަކީ ވަކިން ބޮޑު އަނިޔާއެކެވެ.

 

- މަޢުލޫމާތު: ޝައިޚް އިބްރާހީމް ރާފިޢުގެ ދަރުސަކުން

 

މިއަދު އޮންލައިން