ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ޔާ ކިލޯއެއް 16 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ކިލޯއެއް 16 ރުފިޔާއަށް ވިއްޔާއިރު ފިޔާ ބަސްތާއެއް 350 ރުފިޔާއަށް އަދި 10 ބަސްތާ ގަންނަ ފަރާތްތަކަށް ބަސްތާއެއް 340 ރުފިޔާގެ ރޭޓުން ވިއްކުމަށް ވަނީ ހަމަޖައްސާފައެވެ.
އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ޚާއްޞަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އަދި މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ވަނީ ރާވާފައެވެ.
އެސްޓީއޯއިން ވަނީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ހިމެނޭ ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު ހިމެނެއެވެ.
އެސްޓީއޯއިން ބުނެފައިވާގޮތުގައި މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުން ގެންދާނެއެވެ. އަދި އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެއެވެ. މިގޮތުން މިހާރުވެސް ކާށި ފަދަ ބައެއް ތަކެތި އަގު ހެޔޮކޮށް ވިއްކަމުން ގެންދާއިރު، ކާށްޓެއް ވިއްކަމުން ގެންދަނީ 5 ރުފިޔާއަށެވެ.