ޤާސިމް އިބްރާހީމް މާމިގިލީގައި ބިނާކޮށްދެއްވި މަސްޖިދުއް ޒިކުރާ ހުޅުވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ޤާސިމް އިބްރާހީމް މާމިގިލީގައި ބިނާކޮށްދެއްވި މަސްޖިދުއް ޒިކުރާ ހުޅުވައިދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ވިލާ ގްރޫޕްގެ ޗެއަރމަން ޤާސިމް އިބްރާހީމް، އެމަނިކުފާނުގެ އުފަން ރަށް އދ. މާމިގިލީގައި ބިނާކޮށްދެއްވި އައު މިސްކިތެއް ހުޅުވައިދެއްވައިފިއެވެ. މަސްޖިދުއް ޒިކުރާ ގެ ނަމުން މި މިސްކިތް ހުޅުވާލެވިފައިވަނީ ހުކުރު ދުވަހުގެ މަޣުރިބު ނަމާދަށެވެ.

މާމިގިލީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މިސްކިތަކީ ކައުންސިލާއި ރަށުގެ ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން ޤާސިމް އިބްރާހީމް ބިނާކޮށްދެއްވި މިސްކިތެކެވެ. މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު ބިންގާ އެޅުމާއެކުގައެވެ.

މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމާލެވިފައިވަނީ އެންމެ 57 ދުވަހުގެ ތެރޭގައެވެ. މިއީ ނިސްބަތުން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާލެވިފައިވާ މަޝްރޫޢުއެއް ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޤާސިމް އިބްރާހީމްގެ ހަރަދުގައި މާމިގިލީގައި އިތުރު ދެ މިސްކިތެއް ބިނާކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. މިކަމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން