މިއަހަރުގެ ޖަނަވަރީ މަހު މީރާއަށް 125 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިއަހަރުގެ ޖަނަވަރީ މަހު މީރާއަށް 125 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިއްޖެ

މިއަހަރުގެ ޖަނަވަރީ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޑޮލަރުން ލިބުނު އާމްދަނީ 125 މިލިއަން ޑޮލަރަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބިފައިވަނީ 104 މިލިއަން ޑޮލަރެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ގުޑްސް އެންޑް ސަރވިސް ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 69 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހު މި ބައިން ލިބިފައިވަނީ 61 މިލިއަން ޑޮލަރެވެ.

އިންކަމް ޓެކްސްގެ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހު 28.9 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރު މި ބައިން ލިބިފައިވަނީ 16.5 މިލިއަން ޑޮލަރެވެ. ޑިޕާޗަރ ޓެކްސްގެ ގޮތުގައި 7.3 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 7 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

މީރާގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، ޖަނަވަރީ މަހު ޖުމްލަ 3.3 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 1.4 ބިލިއަން ރުފިޔާ އާއި 125 މިލިއަން ޑޮލަރެވެ.

މީރާއިން ފާހަގަކުރާ ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީގެ އަދަދަކީ އެމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5 އިންސައްތަ އިތުރު އަދަދެއްކަމަށެވެ.

މިއަދު އޮންލައިން