ޢާއިލާތައް ނިކަމެތިވެ ހަލާކުވަމުންދާ މައިގަނޑު 4 ސަބަބު- ތަނަވަސްކަމާ އުފާވެރިކަން ލިބުން އެދޭނަމަ އަވަހަށް އިޞްލާޙްކޮށްލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޢާއިލާތައް ނިކަމެތިވެ ހަލާކުވަމުންދާ މައިގަނޑު 4 ސަބަބު- ތަނަވަސްކަމާ އުފާވެރިކަން ލިބުން އެދޭނަމަ އަވަހަށް އިޞްލާޙްކޮށްލާ!

ޢާއިލާތައް ހަލާކުވެ ނިކަމެތިވަމުން މިދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކުރެވޭ ޢަމަލުތަކުގެ ސަބަބުންނެވެ. އެތަނުންވެސް އެންމެ ނުރައްކައުތެރިކަން ބޮޑު 4 ކަމެއް ފާހަގަކޮށްލާނަމެވެ.  

ފުރަތަމަ ކަމަކީ ޙަލާލް ނޫން ތަކެތި ކައިބޮއިހެދޭކަމެވެ.

ދެވަނަ ސަބަބަކީ ޒިނާކުރެވޭ ކަމެވެ.

ތިންވަނަ ދެމަފިރިންގެ މެދުގައިވެސް އަދި ޢާއިލާގެ މީހުންގެ މެދުގައިވެސް ބަހައްޓަންޖެހޭ ގުޅުންތައް ނުބެހެއްޓޭކަމެވެ.

ހަތަރުވަނަ ކަމަކީ ދޮގުބުނުމާ މަކަރާޙީލަތްހެދުން ޢާންމުވެފައިވާ ކަމެވެ. 

މީސްތަކުންނޭވެ! ދެމަފިރިން އެކަކު އަނެކަކަށް ތެދުވެރިވާށެވެ! މަކަރުހަދާނަމަ ދޮގުބުނަން މަޖުބޫރުވާނެއެވެ. މިހިރީ ﷲ ތަޢާލާގެ ޙަޟްރަތުން ވަޤުތުން ޢަޛާބު ޙައްޤުވެގެންދާ ކަންކަމެވެ. ދެމަފިރިން ކުރެ އެކަކު ނަމަވެސް ޒިނޭކުރާނަމަ ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވާނެއެވެ. އެކަމުގެ ދެރަ މުޅި ޢާއިލާއަށް ލިބޭނެއެވެ.  

ހަމައެފަދައިން ޢާއިލާގެ މީހުންނާއި ބާއްވަންޖެހޭ ގުޅުން އެއްގޮތަކަށްވެސް ނުކަނޑާށެވެ! ޢާއިލީ ގުޅުން ބަދަހިކުރުމަކީ ﷲ ތަޢާލާ އެބައަކަށް، އެމީހަކަށް ރަޙްމަތް އޮއްސަވާ ކަމެކެވެ.  

މިކަންކަމަށް ސަމާލުކަން ނުދެވޭނަމަ މިޞީބާތްތައް އަބަދުވެސް ދާނީ ކުރިމަތިވަމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން