ބަންގި ގޮވައިފިނަމަ ކޮންމެހެން ފައިބަން ޖެހޭފަދަ ބޮޑު ކަމެއް ޖެހިގެން ނޫނީ ނަމާދުނުކޮށް މިސްކިތުން ފޭބުން ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ބަންގި ގޮވައިފިނަމަ ކޮންމެހެން ފައިބަން ޖެހޭފަދަ ބޮޑު ކަމެއް ޖެހިގެން ނޫނީ ނަމާދުނުކޮށް މިސްކިތުން ފޭބުން ހުއްދައެއް ނޫން!

ބައެއް މީހުން ބަންގިގޮވަން ފެށީމައިވެސް ނަމާދަށް މަޑުނުކޮށް މިސްކިތުން ފައިބައެވެ. އެއީ ކޮންކަހަލަ ކަމެއްތޯ؟  

ތިއައީ ވަރަށް މަދު ބައެއްގެ ކިބައިން ފެންނަ ކަމެކެވެ. ބައެއް މީހުން އެގޮތަށް ފައިބަނީ ފަހުން ނަމާދުކުރުމުގެ ނިޔަތުގައެވެ. އެއިރުން އެފޭބެނީ ޖަމާއަތުގެ ނަމާދު ދޫކޮށްލައިފައެވެ. އެއިރުން 27 ގުނަ ގެއްލުނީއެވެ. އެކަނި ވަކިކުރީމާ ލިބޭނީ 1 ގުނައެވެ. ވީމާ ކިތަންމެ ގިނަ ަމސައްކަތް ކުރަން ހުރިނަމަވެސް އިހުސުންނަތް ކޮށްލައި ޖަމާއަތުގެ ނަމާދު ލިބިގަންނާށެވެ. ނަމާދު ނިމިގެން ނޫނީ ނުފައިބާށެވެ!  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ނަމާދުވަގުތުވެ ބަންގިދިންފަހުން މީހަކު މިސްކިތުން ނުކުތްތަން އަބޫހުރައިރާ ރަޟިޔަﷲ ޢަންހު އަށް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ.  

"ފަހެ އެމީހާ އަބުލް ޤާސިމް (އެބަހީ؛ މުޙައްމަދު (އަށް އުރެދިއްޖެއެވެ".  

ވީމާ އުރެދުމަކީ ޙަރާމްކަމެކެވެ. މިހެންވެ ޢުޛުރެއް މެދުވެރިވެގެން (ފާޚާނާ ކުރުމަށް ފަހު އެނބުރި އައުމަށް، ނޫންނަމަ އެނޫންވެސް ޟަރޫރީ ބޭނުމަކު) ނޫންގޮތަކަށް ބަންގިގޮވުމަށްފަހު މިސްކިތުން ނުކުތުން ޢިލްމުވެރިން މަނާކުރައްވައެވެ.

 

 -ފަޟީލަތުއްޝައިޚް އިބުނު ޢުޘައިމީން

 

މިއަދު އޮންލައިން