ދެމަފިރިންގެ މެދުގަ މައްސަލައެއް ޖެހުނަސް ވާހަކަ ނުދައްކައި ހުރުމަކީ ކުރެވޭ ވަރަށް ބޮޑު އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ދެމަފިރިންގެ މެދުގަ މައްސަލައެއް ޖެހުނަސް ވާހަކަ ނުދައްކައި ހުރުމަކީ ކުރެވޭ ވަރަށް ބޮޑު އަނިޔާއެއް!

ބައިވެރިޔާއަށް ކުށެއް ކުރެއްވުމުން އަދަބެއްގެ ގޮތުން ބައެއް މީހުން އެމީހުންގެ ބައިވެރިޔާއާއި ވާހަކަދެއްކުން ހުއްޓައިލައެވެ. އެއީ އިމުން ބޭރުވެވޭ ކަމެކެވެ. އެހެނީ ކޮންމެ ކަމެއްވެސް ޙައްލުކުރެވޭނީ ވާހަކަދައްކައިގެންނެވެ. ނަމަވެސް ކަމުގެ ބާވަތުން އެކަމެއް އިޞްލާޙްކުރެވެން އޮތީ ވާހަކަދެއްކުން މަދުކޮށްގެން ކަމަށްވާނަމަ ވާހަކަދެއްކުން މަދުކުރެވިދާނެއެވެ.  

ބައިވެރިޔާއާއި ވާހަކަ ނުދައްކާނަމަ އޭނާއަށް އެދެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ. މިޘާލަކަށް މަސް ދެމަސްވަންދެން، އަދި ހަފްތާ ދެހަފްތާ ވަންދެން ނަމަވެސް ވާހަކަނުދައްކާނަމަ އޭނާއަށް އަބަދުވެސް ހުންނަންޖެހޭނީ ވަރަށް ބޮޑު ހިތްދަތިކަމެއްގައެވެ. ހިތްދަތިކަން ދިނުމަކީވެސް ކުރެވޭ އަނިޔާއެކެވެ! ވީމާ އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ.  

ދުނިޔޭގައި އެންމެ ކާމިޔާބު ކަމާއިއެކު ޙަޔާތްވޭތިކުރަނީ ދެމަފިރިންގެ މެދުގައި މަޝްވަރާކުރާ މީހުންނެވެ. މަޝްވަރާކޮށްގެން ކަންކަން ނިންމައިގެން ކަންކަންކުރާ މީހުންނެވެ.  

ދިރިއުޅުމުގައި އިންތައް ކަނޑައަޅަންވާނީ އެކަމަކުން ފައިދާކުރާނެ ގޮތަކަށެވެ! ވީމާ ކުށެއް ކުރެވުނަސް އިޞްލާޙްކުރަން ފުރުޞަތުދޭންވާނެއެވެ. އިޞްލާޙްކުރުމުން އެކަން ބަލައިގަންނަންވާނެއެވެ. ތިމާއަކީވެސް ކުށް ކުރެވިދާނެ މީހަކުކަން ޤަބޫލުކުރަންވާނެއެވެ.  

ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.:  

ބައުންޑެރީސް ނުވަތަ ހައްދެކޭ މިކިޔަނީ މިސާލަކަށް "ތިބާ މިހެން ހެދީއެވެ. އެހެންވީމަ ދެން ދުވަހަކުވެސް ތިބާއާ ވާހަކައެއް ނުދައްކާނަމޭ" އެއީ މުޅިންހެން އަމިއްލަ ނަފްސު ހަލާކުކޮށްލުން ކަހަލަ ކަމެއް، އަހަރެންނަށްވެސް ކޮންމެސް ވަރަކަށް ކުރެވިފަ ހުރިކަންކަން.  

ބައުންޑެރީއަކީ ކުރުކޮށް ބުނަންޏާ، އަހަރެން ގަޔާ ނުވާ ކަމެއް ކުރީމަ، މި ބުނަނީ ތިބާ މިކަން ކުރިއަށް ގެންދާނަމަ އަހަރެންގެ މިވެނި އުޅުމެއްވެސް ބަދަލު ކުރާނަމެވެ. އެހެނަސް ތިބާއަށް އަހަރެންގެ ޙަޔާތަށް އަނބުރާ އާދެވޭނެއޭ މި އުޅުން ތިބާ ބަދަލުކޮށްފިނަމަ. 

އެހެންކަމުން ބައުންޑެރީއެއް އޮތުމުން ތިބާގެ ޙަޔާތުގައި މީހުން ބޭތިއްބުމަށް އެހީއަކަށް ވެގެންދެއެވެ. އަދި އެކަމުން އެންމެ އެދެވޭ ގޮތެއްގައި އެކަކު އަނެކަކު ދެކެ ލޯބިވުމަށްވެސް އެހީވެދެއެވެ. އެހެންކަމުން އެއީ ބައިކުޅަ އަދަބަކަށްވިނަމަވެސް އެކަމުން މައިގަނޑު ގޮތެއްގައި ތިބާގެ ބައިވެރިޔާއަށް އެންމެ ފުރިހަމަ ގޮތުގައި ލޯބިވުމަށް ދަސްކޮށްދެއެވެ. 

ޢިލްމްވެރިޔާ ބާރު އަޅުައްވަވާފައި އެވަނީ ދެމަފިރިންގެ މެދުގައި އިންތަކެއް ކަނޑައަޅާފައި ބޭއްވުމަށެވެ. އެއީ އަނެކާއަށް ކުރެވޭނެ ކަންކަތައްތަކާއި ކޮށްގެން ނުވާނެ ކަންކަން ކަނޑައެޅުމެވެ. އަދި އެކަންކަން ކުރެވޭނެ މިންވަރުވެސް ކަނޑައެޅުމެވެ.  

އެއިންތަކުގައި ހިފަހައްޓާނަމަ ލޯބިވުން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ

މިއަދު އޮންލައިން