މީހަކު ބަދުދުޢާ ކުރާކަން އެނގޭ ހިނދު ކަންތައްކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މީހަކު ބަދުދުޢާ ކުރާކަން އެނގޭ ހިނދު ކަންތައްކުރަން އޮތް ގޮތް-

މީހަކު ތިބާއަށް ބަދުދުޢާކުރާނަމަ އޭނާގެ ބަދުދުޢާއިން ސަލާމަތްކޮށްދެއްވުން އެދި ﷲގެ ހަޟްރަތުން އެދޭނީ (ދުޢާކުރާނީ)އެވެ. އަދި އެމީހާގެ ހައްޤަކަށް އަރައިގަނެވޭ ކަމަށް ވަނީނަމަ އެކަން ހުއްޓާލައި އެމީހާގެ ހައްޤު އެމީހާއަށް ރައްދުކޮށްދޭނީއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޝައިޚް މިފަދައިން ވިދާޅުވެފައި އެވަނީ ސަބަބުތަކެއް ހުރުމުން ކަމަށް ޤަބޫލުކުރެވެއެވެ. ހަމަ ހުރެފައި މީހަކު މީހަކަށް ބަދުދުޢާކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. މިޒަމާނުގައި މިފަދަ މައްސަލަތައް ގިނައިން ކުރިމަތިވާ އެއް ސަބަބަކީ ދެމަފިރިއެއްގެ ދެމެދަށް ވަދެގަތުން ފަދަ ކަންކަމާއި އަދި މީހުންނަށް އަނިޔާ އާއި ގެއްލުންދިނުމާއި ފައިސާ އަތުގައި ހުރެމެ ދަރަނި ދިން މީހާއަށް ދަތިވުމުން ދަރަނި އަދާނުކުރުން ފަދަ މީހުންގެ ޙައްޤުތަކާއި ގުޅިގެންކަން ފާހަގަކުރެވެއެވެ.  

މީގެ އިތުރުން އަތުގައި ތަނަވަސްކަން ހުރެމެ މީހުންގެ ޙައްޤު އަދާނުކުރުމާއި ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން މީހުންގެ ބިމާއި މުދަލުގެ މައްޗަށް ވެރިވެގަތުން ފަދަ ކަންކަމާއި ގުޅިގެންވެސް މިފަދަ ކަންކަން ކުރިމަތިވެއެވެ.  

އެހެންކަމުން ޝައިޚް ވިދާޅުވެފައިއެވަނީ އެފަދަ ކަމެއް އޮތް ނަމަ މީސްތަކުންގެ ޙައްޤުތައް އަވަހަށް އަދާކުރުމަށެވެ. 

މިއަދު އޮންލައިން