އިތުރު މީހުން ވައްދަވައިދެއްވުން އެދުން ނަރަކަ ހުއްޓައިލާނީ ނަރަކައިގެ ﷲ ތަޢާލާ ފައިންޕުޅުން ޖެއްސެވުމުން! ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އިތުރު މީހުން ވައްދަވައިދެއްވުން އެދުން ނަރަކަ ހުއްޓައިލާނީ ނަރަކައިގެ ﷲ ތަޢާލާ ފައިންޕުޅުން ޖެއްސެވުމުން! ޙަދީޘް

ނަރަކައަށް ވަންނަން ޖެހޭ މީހުން ނަރަކައަށް ވަންނާނީ އެމީހުންނަކީ ނަރަކައަށް ވަންޖެހޭ ބައަކުކަން އަމިއްލައަށް ޤަބޫލުކުރާ ޙާލުގައެވެ. މިއަދު ބޮޑެތި ފާފަތައް ކޮށްފައި ހެކިދައްކާށޭ ބުނާ މީހުން ބައިވަރެވެ! އެދުވަހު ހެކިދައްކަވަން އެދޭކަށް ނުޖެހޭނެއެވެ. އެމީހެއްގެ ގުނަވަންތައް ހެކިދޭނެއެވެ. ޢަމަލުތަކުގެ ފަތުން ހުރިހާ ކަމެއް ސާފުވާނެއެވެ. 

ނަރަކައަކީވެސް ސުވަރުގެއަކީވެސް ފުރޭނެ ތަނެއް ނޫނެވެ. ވީމާ ނަރަކައަށް ނުވަތަ ސުވަރުގެއަށް ވަންނަންޖެހޭ އެންމެ މީހަކަށްވެސް އެތަންތަނުގެ ޖާގަފުރިގެން ޖާގަ ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. 

ބިރެއްނެތި ފާފަކުރަމުން ގެންދާ މީހުން ވިސްނައިވެސް ނުލަނީއެވެ. ތިމާއަކީ ނަރަކައަށް ވަންނަންޖެހިދާނެ މީހަކަށްވެދާނެ ކަމާއިމެދުގައެވެ. ނަރަކައިގެ ގަދަފަދަ ޢަޛާބަށް ކެތްކޮށްނުލެވޭނެ ކަމާއިމެދުގައެވެ. 

މިޙަދީޘްފުޅަށް ނިކަން ވިސްނައިލަބަލާށެވެ! 

Narrated Anas:

The Prophet () said, "The people will be thrown into the (Hell) Fire and it will say: "Are there any more (to come)?' (50.30) till Allah puts His Foot over it and it will say, 'Qati! Qati! (Enough Enough!)'" 

https://sunnah.com/bukhari:4848 

މިޙަދީޘްފުޅުން އެނގެންދަނީ ﷲ ތަޢާލާ، އެކަލާނގެ ފައިންޕުޅުން ނަރަކައިގައި ޖައްސަވަންދެން އިތުރު މީހުންނަށް އެދި ދަންނަވަމުން ގެންދަވާނެ ކަމެވެ. ހަމައެއާއިއެކު މިއާޔަތަށްވެސް ވިސްނައިލާށެވެ!  

"އެދުވަހަކީ، ތިމަންރަސްކަލާނގެ، ނަރަކައަށް، ކަލޭ ފުރިއްޖެހޭ ވަޙީ ކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ." (ޤާފް: 30) 

އެމީހަކު ނަރަކައިން ސަލާމަތްވުމާއި ނުވުން އޮތީ އެމީހެއްގެ އިޚްތިޔާރުގައެވެ. އެކަމުގައި އެހްން މީހަކަށް ކޮށްދެވޭނެ ކަމެއް ނެތެވެ. ހެޔޮ ނަޞޭޙަތްދީ ނަރަކައިން މިންޖުވުމަށްބުނުން ފިޔަވައެވެ. އަހުރެން މިކުރަނީ އެ މަސައްކަތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން