ރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފަކުރުމަށް ޖާގައެއް ނޯންނާނެ: ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފަކުރުމަށް ޖާގައެއް ނޯންނާނެ: ޝަހީމް

ދިވެހިރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފަކުރުމަށް ޖާގައެއް ނޯންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ''އަހާ''ގެ މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ އިސްލާމީ ގައުމުތަކަށް ބަލާއިރު ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު، އަދި އެއްބައިވަންތަކަން ޤާއިމުކުރެވިފައިވާ ގައުމެއް ކަމަށެވެ. އަދި ރާއްޖެއަކީ ހައްދު ފަހަނައަޅާފައިވާ ގައުމެއް ގޮތަށް ސިފަނުކުރެވޭނެ ކަމަށްވެސް ވަނި ވިދާޅުވެފައެވެ.

"އެހެންވީމަ ދިވެހިރާއްޖޭގައި ބައިބައިވުމެއްނެތް، ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް މެދުމިނުގެ އިސްލާމީ އުސޫލުތައް ދަމަހައްޓާ އެއަށް ތަބާވާބަޔެއް، ހައްދުފަހަނައެޅުމަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އާންމުކޮށް އޮންނަކަމެއްނޫން، ނަމަވެސް ބައެއް ވަކިވަކި ފަރުދުންގެ މިބާވަތުގެ ކަންތައްތައް ފާހަގަކުރެވިގެން އެއަށް ޤާނޫނީ ގޮތުންނާއި ޢިލްމީ ގޮތުންނާ އެކި ކަހަލަ ގޮތްގޮތުން ފަރުވާހޯދޭ، އެހެންވީމާ ދިވެހިރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފަކުރުމަށް ޖާގައެއް ނޯންނާނެ" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިސްލާމީ ތަސައްވުރާއި، މަންހަޖާއި ފިކުރަށް ބަލާއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ސުންނީ މުސްލިމުންކަމުގައި ވުން ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ބައެއް ފަހަރު އެފަދަ ހަރުކަށި ފިކުރުތައް ފެންމަތިވެ އެކަންކަމާމެދު ގާނޫނީ ގޮތުންނާއި އިލްމީ ގޮތުން ފިޔަވަޅު އަޅާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން