ބާޒާރުގައި ލުނބޯގެ އަގު މިވަޤުތު ތަންކޮޅެއް ބޮޑުވެފައިވާތީ އުފަންވެލި ޝޮޕްތަކުން ޔެލޯ ލެމަން އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
ފަނިގިރަންވެސް އަދި ކާއެއްޗެތި ތައްޔާރުކުރަންވެސް ބޭނުންކުރެވޭ މިޞުރުގެ ޔެލޯ ލެމަން ކިލޯއެއް އުފަންވެލި ޝޮޕްތަކުން ވިއްކަނީ ކިލޯއެއް 50 ރުފިޔާއަށެވެ. ހޯލްސޭލްކުރަނީ 45 ރުފިޔާގެ ރޭޓުންނެވެ.
އުފަންވެލި ޝޮޕްތަކުން މިހާރުވެސް ގެންދަނީ އިތުރު ގިނަ ބާވަތްތައްވެސް ހެޔޮ އަގުގައި ވިއްކަމުންކަން ފާހަގަކުރެވެއެވެ.
އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނި ގޮތުގައި މިޕްރަމޯޝަން ކުރިއަށް ގެންދާނީ ސްޓޮކް ހުސްވަންދެންނެވެ.