ދަރިން ލިބުމަށްފަހު އެހެން އަންހެނަކަށްޓަކާ އަނބިމީހާ ވަރިކުރާނަމަ އެނަގައިލެވެނީ ލިބިފައިވާ ހާސް ނިޢުމަތް! އެންމެ އަންހެނަކަށްޓަކާ އެއީ ކުރަން ހެޔޮވާނެ ކަމެއް ނޫން ސަބަބުތައް މިހިރީ ފެންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދަރިން ލިބުމަށްފަހު އެހެން އަންހެނަކަށްޓަކާ އަނބިމީހާ ވަރިކުރާނަމަ އެނަގައިލެވެނީ ލިބިފައިވާ ހާސް ނިޢުމަތް! އެންމެ އަންހެނަކަށްޓަކާ އެއީ ކުރަން ހެޔޮވާނެ ކަމެއް ނޫން ސަބަބުތައް މިހިރީ ފެންނަން!

ކައިވެނިކުރިނަމަވެސް ދަރިން ލިބުމުގެ ކުރިން ކައިވެނި ރޫޅައިލާނަމަ އެކަމުން ލިބޭ ގެއްލުން ވަރަށް ކުޑަވާނެއެވެ. ނަމަވެސް ދަރިން ލިބި އުފާވެރި ދިރިއުޅުމެއް އުޅެމުން އަނބިމީހާ ދޫކޮށްލާނަމަ އެނަގައިލެވެނީ ހާސް ނިޢުމަތެވެ. ނަމަވެސް އެކަން ވަޒަން ކުރެވެނީ މަދު މީހަކަށެވެ.  

އެކަން ހާސް ނިޢުމަތަށްވާ ސަބަބުވެސް ބުނެދޭނަމެވެ. ފުރަތަމަ ކަމަކީ ތިމާއަށް އުފާވެރިކަން ދެމުން ތިމާއާއިއެކު އުފަލުގައި އުޅެމުން އައި އަނބިމީހާއަށް ތިބާގެ އިޙްޞާޞްތައް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ތިބާ ކަންބޮޑުވާ ކަންކަންވެސް އެނގޭނެއެވެ. ކަންބޮޑުވުންތަކުން ތިބާ ސަލާމަތްކުރަން އެހީތެރިވެދިނުމަށް ކުރަންޖެހޭ ކަންކަންވެސް އެނގޭނެއެވެ. އެހުރިހާ ކަމެއްގެ އިތުރުން އޭނާ އެހުރީ ކޮންމެ ޙާލެއްގައިވެސް ތިބާއާއިއެކު ޢުމުރަށް ދިރިއުޅެން ތައްޔާރުވެގެންނެވެ. އޭނާ މަސައްކަތްކުރަމުން އެދަނީ އެކަމަށެވެ. އަދި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަންވެސް ތިބާއަށް އޮންނާނެއެވެ. 

ދެން ނިކަން ބުނެބަލާށެވެ! އެއަނބިމީހާ ދޫކޮށްލާފައި ތިބާ ގުޅެން ތިއައުޅޭ މީހާގެ ކިބައިން އެކަންކަން އެގޮތަށް ލިބޭނެ ކަމަށް އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟  

ދެވަނަ ކަމަކަށް ދަރިންގެ ކިބައިން ތިބާއަށް ލިބެމުން އައި ބޮޑު އުފާވެރިކަމާއި ދަރިންނާއި ބައްދަލުވުމުން ލިބޭ ހިތްހަމަޖެހުމުގެ ކިރާނީ ކޮން ތިލަފަތަކުން ކޮން ގޮތަކަށް ހެއްޔެވެ؟ އެކުދިން ނިކަމެތިކޮށްލައި ހިތުގައި ޖެއްސުވުމުން ﷲ ތަޢާލާ ލައްވަވާނެ ކޯފާ މިނެކިރޭނެ ހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރީތި މީހުންނާއި ބައްދަލުވާނެއެވެ. ދެވަނަ ކައިވެނިކުރާތަނުންވެސް މާރީތި މީހުން ފެންނާނެއެވެ. އެއީ ދުވަހަކުވެސް ނިމުމެއް އޮތް ކަމެއް ނޫނެވެ. ފެންނަ މީހާގެ ރީތިކަމަށްވުރެ ތިމާގެ އަމިއްލަ ދިރިއުޅުން ރީތިކުރަން އިސްކަންދެވިގެން ނޫނީ ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް އަދި ރީތި ދިރިއުޅުމެއްވެސް ނުލިބޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން