ހަނދުމަކޮށްދިނުމެއް!: އީމާންކަމުގެ ފޮނި މީރުކަން ލިބޭނެ 3 ކަންތައް- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ހަނދުމަކޮށްދިނުމެއް!: އީމާންކަމުގެ ފޮނި މީރުކަން ލިބޭނެ 3 ކަންތައް- ޙަދީޘުން

ކޮންމެ މުސްލިމަކުވެސް ބުނާނީ ތިމާމިހުރީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ކަމަށެވެ. ސުވާލަކީ ކިހައިވަރަކަށްހެއްޔެވެ؟ އަދި ތިމާއަށް މިހެރެވޭ ގޮތާއިމެދު ހިތްހަމަޖެހުން އެބަ ލިބޭ ހެއްޔެވެ؟ ލިބޭނަމަ ރަނގަޅެވެ. ނުލިބޭނަމަ މިޙަދީޘްފުޅަށް ވިސްނައިލާށެވެ!   

އީމާންކަމުގެ ފޮނި މީރުކަން ލިބޭނެ ގޮތް ބަޔާންކުރައްވައި ނަބިއްޔާ    ޙަދީޘްކުރައްވާފައިވެއެވެ 

«ثَلَاثٌ مَنْ كُنَّ فِيهِ وَجَدَ بِهِنَّ حَلَاوَةَ الإِيمَانِ: مَنْ كَانَ اللهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لَا يُحِبُّهُ إِلَّا للهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الكُفْرِ بَعْدَ أَنْ أَنْقَذَهُ اللهُ مِنْهُ، كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ  »([2])  

މާނައަކީ: "މީހެއްގެ ކިބައިގައި ތިން ކަމެއް ހުރެއްޖެނަމަ އެމީހަކަށް އޭގެ ސަބަބުން އީމާންކަމުގެ ފޮނިމީރުކަން ލިބޭނެއެވެ. އެއީ އެހެން ހުރިހާ ފަރާތަކަށް ވުރެ ބޮޑަށް ﷲ އާއި އެއިލާހުގެ ރަސޫލާ ދެކެ ލޯބިވުމެވެ. އަދި ﷲ އަށްޓަކައި މެނުވީ އެހެން ފަރާތެއްދެކެ ލޯބި ނުވުމެވެ. އަދި އަލިފާންގަނޑެއްގެ ތެރެއަށް ފުންމާލުމަށް އޭނާ ނުރުހޭ ފަދައިން، ﷲ އޭނާ ކާފަރުކަމުން ސަލާމަތްކުރެއްވުމަށް ފަހު އަލުން އަނބުރާ ކާފަރުކަމަށް ދިއުމަށް، ނުރުހުންތެރިވުމެވެ". 

މި ޙަދީޘްފުޅުން އެނގިގެން މިދަނީ: 

1 އެހެން ހުރިހާ ފަރާތަކަށް ވުރެ ބޮޑަށް ﷲ އާއި އެއިލާހުގެ ރަސޫލާ ދެކެ ލޯބިވުމާއި 

2 ﷲ އަށްޓަކައި މެނުވީ އެހެން ފަރާތެއްދެކެ ލޯބި ނުވުމާއި 

3 އަލިފާންގަނޑެއްގެ ތެރެއަށް ފުންމާލުމަށް އޭނާ ނުރުހޭ ފަދައިން، ﷲ އޭނާ ކާފަރުކަމުން ސަލާމަތްކުރެއްވުމަށް ފަހު އަލުން އަނބުރާ ކާފަރުކަމަށް ދިއުމަށް، ނުރުހުމާއި  

މި 3 ކަންތަކަކީ އީމާންކަމުގެ ފޮނި މީރުކަން ލިބުމަށް ލިބިގަންނަންޖެހޭ ކަންތައްތައް ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން