ކުރިމަތިވި ހިތްދަތިކަމުގެ ކުޑަބޮޑުމިނަށް ނުބަލާށެވެ! އެކަނިވެރިވިޔަސް އެއީ ﷲ ތަޢާލާ ލެއްވެވި ބޮޑު ރަހްމަތަކަށް ބަދަލުކޮށްލެވޭނެ މަގު!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކުރިމަތިވި ހިތްދަތިކަމުގެ ކުޑަބޮޑުމިނަށް ނުބަލާށެވެ! އެކަނިވެރިވިޔަސް އެއީ ﷲ ތަޢާލާ ލެއްވެވި ބޮޑު ރަހްމަތަކަށް ބަދަލުކޮށްލެވޭނެ މަގު!: ބިލާލް އައްސަދު

އެކަނިވެރި ޙާލުގަ އުޅެންޖެހުނަސް ނުވަތަ ތަކްލީފެއް ކުރިމަތިވިޔަސް އެއީ ޢަޛާބަކަށް ނުވަތަ އުފާވެރިކަމަށް ބަދަލުކުރަނީ އެމީހަކު އަމިއްލައަށެވެ. މިހެން ބުނުމުން ހިތުގައި ވަރަށް ގިނަ ސުވާލުތައްވެސް އުފެދޭނެއެވެ. އެހެންވެ ކުރު ގޮތަކަށް ޖަވާބުދޭން މަސައްކަތްކުރާނަމެވެ.  

ތިމާއަމިއްލައަށް ކުރި ކަމަކުން ފިޔަވައި ކުރިމަތިވާ ކޮންމެ ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ކުރިމަތިކުރައްވަވާ ކަމެކެވެ. ނުބައި ވަސްވާސް ދޭން ޝައިޠޯނާ ކިތަންމެ މޮޅަސް އެއްވެސް މީހަކަށް ކިތަންމެ ކުޑަނަމަވެސް ތަކްލީފެއް އުފުލަންޖެއްސުވުމުގެ ބާރު ޝައިޠޯނާއަށް ލިބިގެނެއް ނުވެއެވެ.  

ވީމާ އަޑުއަހާށެވެ! ކުރިމަތިވި ތަކްލީފްގެ ކުޑަބޮޑުމިނަށް ނުބަލާށެވެ! އެއީ ހިތްދަތިކަން ކަމުގައިވީނަމަވެސްމެއެވެ. ކޮންމެ ކަމެއް ނުވަތަ ކޮންމެ ޙާލަތެއް ކުރިމަތިވިނަމަވެސް ﷲ ތަޢަލާއަށް ޙަމްދުކުރާށެވެ! އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންވާށެވެ! އެއިރުން އެކަން ވެގެންދާނީ ތިމާއަށް ކުރިމަތިކުރެއްވެވި ބޮޑު ރަޙްމަތަކަށެވެ.  

ހަމައެއާއިއެކު ކުރިމަތިވާ ކަމަކާއި ގުޅިގެން ޝުކުރުވެރި ނުވެވިއްޖެނަމަ، ކިތަންމެ ކުޑަނަމަވެސް ޝަކުވާއެއް ކުރެވޭނަމަ އެކަން ވެގެންދާނީ ޢަޛާބަކަށެވެ. އެމީހަކަށް ގެއްލުން ހުރި ކަމަކަށެވެ.  

ވީމާ އެކަނިވެރި ޙާލެއްގައި އުޅެންޖެހުނަސް އެއީ އަބަދު އުޅެންޖެހޭނެ ޙާލުކަމަށް ނުދެކޭށެވެ. ދެކަނިވެރިކޮށްދެއްވެވުން އެދިގެން ދުޢާކުރާށެވެ! އަދި ދުޢާކުރުމުގައި ޘާބިތުވެލާށެވެ! އަދި ﷲ ތަޢާލާގެ މަގުގައި ޘާބިތުކަން އިތުރުކޮށްލާށެވެ. އަދި ތަކްލީފެއް އުފުލަންޖެހުނަސް ހަމަ މިގޮތަށް ޢަމަލުކޮށް ކުރިމަތި ކުރެއްވެވި އިމްތިޙާނުން ފާސްވުމަށް މަސައްކަތްކުރާށެވެ. އެމީހަކަށް މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން  

މިއަދު އޮންލައިން