ވިއްސާރައިގެ ސަބަބުން ގެދޮރަށާ މުދަލަށް ގެއްލުންވެ ޙާލުގަޖެހޭ މީހުންނަށް އެހީތެރިވުމަކީ ﷲ ގެ އަމުރުފުޅެއް! އެހީތެރިވާ މީހުންނަށް ﷲ ނިޢުމްތަތައް އިތުރުކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ވިއްސާރައިގެ ސަބަބުން ގެދޮރަށާ މުދަލަށް ގެއްލުންވެ ޙާލުގަޖެހޭ މީހުންނަށް އެހީތެރިވުމަކީ ﷲ ގެ އަމުރުފުޅެއް! އެހީތެރިވާ މީހުންނަށް ﷲ ނިޢުމްތަތައް އިތުރުކުރައްވަވާނެ! އިން ޝާ ﷲ

ކޮޅިގަނޑު އުފެދުނު ސަރަޙައްދަށް ބެލުމެއް ނެތެވެ. ބަލަންވީ ކޮޅިގަނޑު އުފެދުނު ސަރަޙައްދަކަށް ނޫނެވެ. އެކޮޅިގަނޑުން ވާރޭވެހި ނުވަތަ ވައިގަދަވެ މީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުންވާނަމަ އެއޮތީ ކޮޅިގަނޑުގެ ސަބަބުން ގެއްލުން ލިބިފައެވެ. 

ވިއްސާރައިގެ ސަބަބުންވިޔަސް، އަލިފާނުގެ ޙާދިސާއަކުންވިޔަސް، ކަނޑުވުންފަދަ ޙާދިސާޢަކުންވިޔަސް އަދި އެނޫން ގޮތަކުންވިޔަސް މުދަލަށް ގެއްލުން ލިބި، ގެދޮރަށާއި މުދަލަށް ގެއްލުން ލިބި، އުޅަނދުފަހަރު ކަނޑުވުން ފަދަ ކަމަކާއި ގުޅިގެން ޙާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމަކީ ﷲ ގެ އަމުރުފުޅެވެ. 

ވީމާ މިފަދަ ގޮތްގޮތުން ދަތިޙާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމަކީ ހަމައެކަނި ވެރިކަމުގެ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށް ބަލައިގެން އެހީތެރިނުވެ ނުތިބޭށެވެ. އެގޮތަށް ތިބޭނަމަ އެނަގައިލެވެނީ ﷲ ތަޢާލާގެ މަގުގައި ހޭދަކޮށްގެން ތިމާއަށް ހޯދެން އޮތް ގިނަގުނަ ޘަވާބުތަކެވެ. ނަރަކައިން ސަލާމަތްވުމަށް ލިބެން އޮތް ފުރުޞަތެވެ. 

ވީމާ ތަނަވަސްކަން ކުރިވަރަކުން ޙާލުގައި ޖެހޭ މީހުންނަށް އެހީތެރިވެދޭށެވެ. ﷲ ތަޢާލާގެ މަގުގައި ހޭދަކުރަން ފަސްނުޖެހޭށެވެ! ހޭދަކުރިވަރުގެ އެތައް ގުނައެއް އިތުރަށް ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެތެވެ. 

އިސްލާމް ދީނުގައި ނަގަން އޮތް ޓެކްހަކީ މުދަލުޒަކާތެވެ. މުދަލުޒަކާތް ބަހަންވީ މީހުން ނުވަތަ ބައިތައް ވެސް ﷲ ވަނީ އަންގަވައިފައެވެ. އެއިގެ ތެރޭގައި މިބަޔާންކުރި ފަދަ ކަންކަމުގެ ސަބަބުން ދަތިޙާލުގައި ޖެހޭ މީހުން ހިމެނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން