ތިމާގެ މައިންބަފައިންދެކެ ލޯބިނުވާ މީހެއްގެ ދަރިންގެ ކިބައިން އެމީހަކަށް ލޯބިލިބޭނެކަމަށް އުންމީދުކުރުމެއް ނެތް! ގިނަފަހަރު ހިތާނީ މާނުބައިކޮށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ތިމާގެ މައިންބަފައިންދެކެ ލޯބިނުވާ މީހެއްގެ ދަރިންގެ ކިބައިން އެމީހަކަށް ލޯބިލިބޭނެކަމަށް އުންމީދުކުރުމެއް ނެތް! ގިނަފަހަރު ހިތާނީ މާނުބައިކޮށް!

ބައެއް މީހުން އެމީހުންގެ މައިންބަފައިންނަށް ދެރަ ނިކަމެތި ބަސްތައް ބުނެ އިހާނެތި ގޮތްގޮތަށް ކަންކަން ކުރަނީ އެމީހުންގެ ދަރިންގެ ކުރިމަތީގައެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. މިއީ ދަރިންނަށް ނުއަންގައި ސިއްރުންވެސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. ނުއެންގި ނަމަވެސް ސިއްރެއްވެސް ނުކުރެވޭނެއެވެ. ކޮންމެވެސް ގޮތަކުން ދަރިންނަށް އެނގޭނެއެވެ. 

މީސްތަކުންނޭވެ! ވިސްނައިލާށެވެ! ތިމާގެ އަމިއްލަ ދަރިން ތިމާއަށް ނުބައި ބަސްތައް ބުނެ ތިމާއަށް ގޯސްކޮށް ކަންކަން ކުރާނަމަ ތިމާއަށް ކުރާނެ އަސަރާއިމެދުގައެވެ. ވިސްނަން މިބުނަނީ ތިބާ ތިބާގެ މައިންބަފައިންނަށް ގޯސްކޮށް ކަންކަން ކުރުމުން ތިބާގެ މައިންބަފައިންގެ ހިތަށް ކުރާނެ އަސަރާއިމެދުގައެވެ. 

މިހުރީ ވިސްނަން ޖެހޭނެ ކަންކަމެވެ. ކޮންމެ މީހަކީވެސް ދަރިންގެ ކިބައިން ލޯތްބާއި އަޅައިލުން ބޭނުންވާނެ މީހެކެވެ. ވީމާ ފުރަތަމަ ކަމަކަށް ކޮންމެ މީހަކުވެސް އެމީހެއްގެ މައިންބަފައިންނަށް ލޯތްބާއި އަޅައިލުން ދޭށެވެ! އެކަމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. 

ހަމައެއާއިއެކު ތިމާގެ ދަރިންނަށް ދަސްކޮށްދޭންޖެހޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ތިމާގެ މައިންބަފައިންނަށް ތިމާ ހެޔޮކޮށް ހިތާކަމުގެ ފިލާވަޅެވެ. އެކަމުގައި ދަރިންނަށް ނަމޫނާ ދެއްކޭނަމަ އެކުދިންގެ ފަރާތުން ލޯތްބާއި އަޅައިލުން ތިމާއަށް ލިބުން ބޮޑުތަނުން އިތުރުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން