ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް ލެގިލެވޭ މުސައްލައެއް ލިބޭ މިއަދުގެ ސުވާލު!: ގޭގަ ރޯދަ ވީއްލިނަމަވެސް ރޯދަވީއްލުމަށްފަހު އަވަސްވެގަންނަން ޖެހޭނީ ކޮން ކަމަކަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް ލެގިލެވޭ މުސައްލައެއް ލިބޭ މިއަދުގެ ސުވާލު!: ގޭގަ ރޯދަ ވީއްލިނަމަވެސް ރޯދަވީއްލުމަށްފަހު އަވަސްވެގަންނަން ޖެހޭނީ ކޮން ކަމަކަށް؟

ބަރަކާތްތެރި ރަމަޟާން މަސް ވަރަށް ކައިރިވެފައި އޮތުމުން މިހުޅުވާލަނީ ރަމަޟާންމަހަށް ޚާއްޞަ ފުރުޞަތެކެވެ. އަންހެނުން ގޭގައި ތިބެ އަޅުކަންކުރަން ގިނަ ވަޤުތު ހޭދަކުރާއިރުވެސް ފިރިހެނުން މިސްކިތުގައި  ގިނައިރު ތިބޭއިރުވެސް ލެގިލައިގެން އިނދެވޭނެ މުސައްލައެއް ހަމަ ހިލޭ ހޯއްދެވުމުގެ ފުރުޞަތެކެވެ. ކޮށްލަދެއްވަން އޮތް ކަމަކީ ތިރީގައިވާ ސުވާލަށް ޖަވާބެއް ފޭސްބުކްގައި ދެއްވުމެވެ.  

މިއަދުގެ ސުވާލު:

ގޭގަ ރޯދަ ވީއްލިނަމަވެސް ރޯދަވީއްލުމަށްފަހު އަވަސްވެގަންނަން ޖެހޭނީ ކޮން ކަމަކަށް؟  

އެހީ:

ޢާންމު ގޮތެއްގައި ގޭގައި ރޯދަވީއްލާނީ އަންހެނުންނެވެ. ނަމަވެސް ބައެއް ފިރިހެނުންވެސް ގޭގައި ރޯދަ ވީއްލައެވެ. ރޯދަވީއްލުމަށްފަހު އަވަސްވެގަންނަންވާނީ މަޣްރިބްނަމާދުކުރުމަށެވެ. އަންހެނުން ގޭގައި ނަމާދުކުރާނީއެވެ. ފިރިހެނުން މިސްކިތަށް ދިއުމަށް އއަވަސްވެގަންނާނީއެވެ.  

އަންހެނުންނަށް ބުނެލަން އޮތީ ތަށިތައް ދޮންނަންވެސް މަޑުނުކުރާށެވެ! ނަމާދު ނިމިގެން ނޫނީ އެއްވެސް މަސައްކަތެއް ނުކުރާށެވެ!   

1- އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2- އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3- އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެލެއްވުން ވަރަށް ބޮޑަށް އެދެމެވެ.

 

 

މިއަދު އޮންލައިން