ޤާނޫނަށް ގެނައި ބަދަލާއެކު މިނިވަން މުއައްސަސާތަކުގެ ހިންގުން ޚަރުދަނާވާނެ: ގާސިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޤާނޫނަށް ގެނައި ބަދަލާއެކު މިނިވަން މުއައްސަސާތަކުގެ ހިންގުން ޚަރުދަނާވާނެ: ގާސިމް

މިނިވަން މުއައްސަސާތަކަށް ރައީސާއި ނައިބުރައީސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ގާނޫނުތަކަށް ގެނައި އިސްލާހުތަކުގެ ސަބަބުން އެމުއައްސަސާތަކުގެ ހިންގުން ޚަރުދަނާވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭސީސީގެ ނައިބު ރައީސް އައްޔަނުކުރެއްވުމަށް ރައީސް ފޮނުއްވި މައްސަލަ ދިރާސާކުރި ރިޕޯޓަށް ބަހުސްކުރައްވަމުން، ގާސިމް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ރައީސާއި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް ތާއީދުކުރައްވާ ކަމަށެވެ.

"މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަނުކުރުމަށް އެކަމަށް އެދި ހުށަހަޅުމަށް އިއުލާންކުރަނީ ރައީސް އޮފީހުން، އެނަންތައް މަޖިލީހަށް ފޮނުވަނީވެސް ރައީސް އޮފީހުން،" ގާސިމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކުރާ ކަމަކީ އެނަންތައް ދިރާސާކޮށް މިނިވަން މުއައްސަސާތަކަށް އައްޔަނުކުރަންޖެހޭ މެމްބަރުން އައްޔަނުކުރުންކަމަށް ވިދާޅުވިއެވެ.

ގާސިމް ފާހަގަކުރެއްވި ގޮތުގައި ކުރިން މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުން ކޮމިޝަންގެ މެމްބަރުންގެ ތެރެއިން އައްޔަނުކުރަން ޖެހުމުން ބޮޑެތި މައްސަލަތައް ދިމާވެފައިވެއެވެ. "ފަސް މެމްބަރުންގެ ތެރެއިން ރައީސަކާއި ނައިބު ރައީސަކު ހޮވާއިރު އެއް މެމްބަރަކު ބޭނުންނުވާ ގޮތަށް ހެދީމާ މައްސަލަ ޖައްސައިގެން ބުލީ ކުރާ ގޮތަށް އެބަ ހަދާ،" ގާސިމް ވިދާޅުވިއެވެ.

މިހާރު ގާނޫނަށް ގެނެވުނު އިސްލާހާއެކު ރައީސުލްޖުމްހޫރިއްޔާއަށް މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުން އައްޔަނުކުރުމުގެ ބާރު ލިބިދިނުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫންކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން