ބުނެވޭ ބަސްތަކަށް ސަމާލުވާންވީ ސަބަބު! ދުލުންބުނާ ބަސްތަކަކީ ތިބާގެ ޖަންނަތެވެ! ނުވަތަ ސުވަރުގެއެވެ! ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބުނެވޭ ބަސްތަކަށް ސަމާލުވާންވީ ސަބަބު! ދުލުންބުނާ ބަސްތަކަކީ ތިބާގެ ޖަންނަތެވެ! ނުވަތަ ސުވަރުގެއެވެ! ޝައިޚް ޝާފިޢު

ދޫ ރައްކައުތެރިކުރަން ސަމާލުކަން ދެވެނީ ވަރަށް މަދު މީހަކަށެވެ. ގިނައީ ދުލުން ބުނެވޭ ބަސްތަކަށް ސަމާލުކަން ނުދެވޭ މީހުންނެވެ. ދޮގުހެދެނީވެސް ޣީބަ ބުނެވެނީވެސް ރުޅިއަންނަހިނދު ނުބައިބަސްތައް ބުނެވެނީވެސް ދޫއްކައުތެރި ނުކުރެވޭތީއެވެ.  

ހަމަ އެއާއިއެކު ދުލުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޙައްޤު ބަސްބުނެ، ހެޔޮ ނަޞޭޙަތްދީ، ޛިކުރުކޮށް ހެދުމަކީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކަށް ވާސިލްވެވެން އޮތް ކަމެކެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!   

فَأَثَابَهُمُ اللَّـهُ بِمَا قَالُوا جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَذَٰلِكَ جَزَاءُ الْمُحْسِنِينَ – المائدة  85

ދެން އެއުރެން ބުނި ބަސްތަކުގެ ސަބަބުން ޖަޒާއަކަށް، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ޖަންނަތު އެއުރެންނަށް ﷲ ދެއްވިއެވެ. އެތާނގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. އެއީ އިޙްސާންތެރިންގެ ޖަޒާއެވެ. 

وَلُعِنُوا بِمَا قَالُوا– المائدة 85

އަދި އެއުރެން އެހެން ބުނުމުގެ ސަބަބުން އެއުރެންނަށް ލަޢުނަތް ލެއްވިއެވެ. 

ދުލުން ބުނާ ބަހަކީ ވަރަށް ބޮޑު އެއްޗެކެވެ. ދުލުން ބުނާ ބަހެއްގެ ސަބަބުން ސުވަރުގެ ވަދެވޭ އިރު، ހަމަ ދުލުން ބުނާ ބަހެއްގެ ސަބަބުން ﷲ ގެ ލަޢުނަތް ލިބި ނަރަކައަށް ވަންނަންވެސް ޖެހިދާނެއެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން