ދަރިންނަށް އަޅާނުލާ، ޚަރަދުނުކުރާ ބައްޕައިންނަށް ލިބޭނެ އެންމެ ބޮޑު ދެރަ! ފޫބެއްދޭނެ ގޮތެއްވެސް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދަރިންނަށް އަޅާނުލާ، ޚަރަދުނުކުރާ ބައްޕައިންނަށް ލިބޭނެ އެންމެ ބޮޑު ދެރަ! ފޫބެއްދޭނެ ގޮތެއްވެސް ނެތް!

ކޮންމެ މީހަކުވެސް ދުނިޔެއަށް އުފަންވަނީ އެކަންޏެވެ. ޢުމުރުހަމަވުމުން ދުނިޔެއިން ނުކުމެގެން ކައްވަޅަސްދާންޖެހޭނީވެސް އެކަންޏެވެ. ނަމަވެސް ކައްވަޅުގައިވެސް އެތައް ބައެއްގެ ހެޔޮ ދުޢާލިބުންމަތީގައި އޮވެވެން އެބައޮތެވެ. 

ނަމަވެސް އެނިޢުމަތް ލިބެންއޮތީ ތިބާ ދުނިޔޭގައި ހުރިއިރު ޢާއިލާއަށް ހެޔޮކޮށް ހިތާފައިވާނަމައެވެ. އަދި މީސްތަކުންނަސްވެސް ހެޔޮކޮށް ހިތާފައިވާނަމައެވެ. އެފަދަ މީހަކަށް ނުވެވިއްޖެނަމަ އެމީހަކަށް ހެޔޮދުޢާކުރާނީ ކާކުހެއްޔެވެ؟ 

އަދިވެސް ވިސްނައިލާށެވެ! މަރުވުމަށްފަހު ތިމާއަށް އެންމެ ފައިދާކުރާނެ އެއްކަމަކީ ދަރިންގެ ހެޔޮދުޢާއެވެ. އެއީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށާއި އަދި ސުވަރުގޭގެ މަތީ ދަރަޖަތަކަށް ވާޞިލުވެވެން އޮތް ސަބަބެއްވެސްމެއެވެ. 

އެހެންކަމަށްވާއިރު ތިބާގެ ދަރިންނަށް ލޯބިނުދީ އަޅައިވެސް ނުލައި އުޅެވިއްޖެނަމަ ދަރިންވެސް ތިބާއަށްޓަކައި ހެޔޮދުޢާކުރާނެ ހެއްޔެވެ؟ ދަރިންނަކީ ދަރިންކަމުގައި ދެކި ދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްގެން ދުނިޔޭގައި އުޅެންޖެހޭ އެންމެ މުހިންމު ސަބަބަކީވެސް އެއީއެވެ. 

ލޮބުވެތި މައިންބަފައިންނޭވެ! ދަރިން ބާކީ ނުކުރާށެވެ! ނިކަމެތި ނުކުރާށެވެ! ލޮބުވެތި ބައްޕައިންނޭވެ! ކައިވެނި ރޫޅުނަސް ދަރިންގެ ޙައްޤުތައް އަދާކުރާށެވެ! ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުކުރާށެވެ! ނޫންނަމަ އެދަރިންގެ ހިތުގައި ބައްޕަގެ މައްޗަށް އޮންނާނީ ކޮން ލޯތްބެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން