ބައްޕަ ނުވަތަ މަންމަ އެދުނަސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ކޮށްދިނުމެއް ނެތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބައްޕަ ނުވަތަ މަންމަ އެދުނަސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ކޮށްދިނުމެއް ނެތެވެ!: މުފްތީ މެންކް

ތަނަވަސްކަން ހުރިވަރަކުން މައިންބަފައިންގެ ބޭނުންތައް ފުއްދައިދޭންޖެހޭނެއެވެ. ނަމަވެސް ﷲ ތަޢާލާ ހަރާމްކުރެއްވެވި ކަމެއް ކުރަން ފައިސާ ދިނުމެއް ނެތެވެ. އެއިގެ ތެރޭގައި އިޝްރާފްކުރުންވެސް ހިމެނެއެވެ.  

މިހެން މިބުނަނީ ބައެއް ޒުވާނުން ކުރާ ސުވާލުތަކާއި ގުޅިގެންނެވެ. އެގޮތުން ޒުވާނަކުކުރި ސުވާލެކެވެ. ބައްޕަ އަހުރެންގެ ގާތުން އެދެނީ ޙަރާމްތަކެތި ގަނެގެން ގެނެސްދިނުމަށެވެ. އެކަންކޮށް ނުދިނީމަ ބައްޕައަށް ނުކިޔަމަންތެރިވީކަމަށްވާނެ ހެއްޔެވެ؟  

ޖަވާބަކީ އެކަން ކޮށް ނުދޭށެވެ! އެހެނީ ﷲ ތަޢާލާ އަންގަވާފައިވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެކަލާނގެއަށް އުރެދުމެއްވާކަމެއްގައި ކިޔަމަން ނުވުމަށެވެ. ވީމާ އޯގާތެރިކަމާއިއެކު ބުނާށެވެ. ތިއަ ބުނަނީ ޙަރާމް ކުރައްވަވާފައިވާ ކަމެއް ކުރުމަށެވެ. ހުއްދަ ކަމަކަށް އެދޭށެވެ.  

ދަލީލަށް ބޭނުންވާނަމަ ރަސޫލް ބޭކަލުންނަށް ބަލާށެވެ. ޚާއްޞަކޮށް އިބްރާހީމްގެފާނަށް ބަލާށެވެ! ބައްޕަ ތިއަކުރަނީ ނުބައިކަންބޮޑުކަމެއް ކަމަށް ވިދާޅުވެ ބައްޕަ ބުނި ކަންކަން ކުރައްވަން ދެކޮޅު ހެއްދެވިއެވެ. ނަމަވެސް މުޢާމަލާތުކުރެއްވެވީ އޯގާތެރިކަމާއިއެކުގައެވެ.  

ވިދާޅުވީ ކީކޭކަމަށް ހެއްޔެވެ؟ "ތިއަކުރަނީ ނުބައިކަންބޮޑު ކަމެކެވެ. ﷲ ގެ ކޯފާ އައިސް އަރައިހަމަކުރާނެއެވެ!" މިފަދަ ޢިބާރާތަކުންނެވެ. ވީމާ ބައްޕައަކު އެދުނަސް މަންމައަކު އެދުނަސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ކޮށްދިނުމެއް ނެތެވެ. އަދި ތިއަ ކަންތައް ކުރާނަމަ ﷲ ތަޢާލާގެ ކޯފާ އައިސް އަރައިހަމަކުރާނެ ކަމަށް ބުނަން ޖެހިލުންވާންވީ ކީއްވެގެންހެއްޔެވެ؟  

މިފަދަ ބަހެއް ބުނެފިނަމަ ގޭތެރެއިން ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ކަންބޮޑުނުވާށެވެ. އެޙާލަތުގައި އެމީހުންނަށް އަދަބު އިޙްތިރާމްއަދާކުރާށެވެ. މާބޮޑަށް ކަންކަން ގޯސްވެއްޖެނަމަ ގެއިން ނުކުމެ ދުރަށް ޖެހިލާށެވެ.  

އެއިރުން ރަޙިމުގެ ގުޅުން ކެނޑީކަމަކަށް ނުވާނެއެވެ. ރަޙިމުގެ ގުޅުން ކެނޑިކަމަށްވާނީ އެމީހުންނަށް ކޮށްދިނުން ހުއްދަ ކަންކަން ކޮށްނުދިނުމުންނެވެ. ތިބާގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން އެހީތެރިނުވުމުންނެވެ. އެމީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމުގައި އިހްމާލުވުމުންނެވެ.  

ހަނދާންކުރާށެވެ! ޚިޔާލުތަފާތުވެ ދެބަސްވާންޖެހޭ ކަންކަމުގައި ދެބަސްވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެ ޙާލަތުގައިވެސް މައިންބަފައިންނަށް އިޙްތިރާމްކުރަންކުރަންޖެހޭނެއެވެ. އެމީހުންނަށް އިޙްތިރާމްކުރަން ނުޖެހޭނެ އެއްވެސް ޙާލަތެއް ނުވެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން