ޢުމުރުން މައްޗަށް ދިއުމުން ބަނޑުހިންދަން ނުވަތަ ހިކެން މަސައްކަތްކުރިނަމަވެސް ނަތީޖާ ފެނުން ލަސްވާނެ! ނުފެނުންވެސް ކައިރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޢުމުރުން މައްޗަށް ދިއުމުން ބަނޑުހިންދަން ނުވަތަ ހިކެން މަސައްކަތްކުރިނަމަވެސް ނަތީޖާ ފެނުން ލަސްވާނެ! ނުފެނުންވެސް ކައިރި!

ދިރާސާތަކުން އެނގޭ ގޮތުގައި ކެއުމަށް ނުބަލައި އުޅޭނަމަ އެވްރެޖް ގޮތެއްގައި އަހަރަކު ރާތަލަގާއި ދެރާތަލާއި (ގާތްގަނޑަކަށް ކިލޯއެއް! ދެމެދުން ބަރުވާނެއެވެ. އަދި ކެވޭ ބާވަތްތަކުގެ ސަބަބުން އެއަށްވުރެވެސް ބަރުވެދާނެއެވެ.   

ގިނަ މީހުންނަށް އެކަމަށް ސަމާލުކަމެއް ނުދެވެއެވެ. އެހެންވެ ހިކެން ނުވަތަ ބަނޑުކުޑަކުރަން ތެޅިގަނެވެނީ އުނދަގޫތައްވާން ފެށުމުންނެވެ. ދިރާސާތަކުން އެނގޭ ގޮތުގައި 40 އަހަރުން ދަށުގައި ފެންނަ ނަތީޖާއާއި 40 އަހަރާއި 50 އަހަރާއި ދެމެދުގައި ފެންނަ ނަތީޖާވެސް ތަފާތެވެ. އަދި 60 އަހަރުން މަތިވުމުން ރަނގަޅު ނަތީޖާއެއް ނެރުން އޮންނަނީ ވަރަށް އުނދަގޫކަމަކަށްވެފައެވެ. ކިތަންމެ ބޮޑަށް މަސައްކަތްކުރިނަމަވެސް ފެންނަ ނަތީޖާ ވަރަށް ކުޑަވެގެންވެސް ދެއެވެ.  

ވީމާ ޞިއްޙަތަށް ބަލަން ބޭނުންނަމަ އެންމެ ޒުވާން ޢުމުރުން ފެށިގެން ކެއުމަށް ބަލައި އަދި ކަސްރަތުވެސް ކުރަމުން ގެންދާށެވެ. ދިރާސާތަކުން އެނގޭ ގޮތުގައި 40 ހުން މަތިވުމުން މަސްލްސްތަކުގެ ބާރު ދަށްވާން ފަށައެވެ. އަދި ޢުމުރު މަތިވާވަރަކަށް ދާނީ ބާރުކުޑަވަމުންނެވެ. 60 އުން މައްޗަށް ދިއުމުން ހަށިގަނޑަށް ބަދަލު ގެންނަން މަސައްކަތްކުރިނަމަވެސް އުނދަގޫވާ ސަބަބަކީ މަސްލްސްތަކުގެ ބާރު ކުޑަވެފައި ހުރުމެވެ.  

ޢުމުރުން 60 އަށް ދާއިރު ރަނގަޅު ސައިޒެއްގައި ބެހެއްޓިއްޖެނަމަ އެއިގެ ފަހުންވެސް ކައުމަށް ބަލައި ކަސްރަތުކުރާނަމަ ފަލަވުމުގެ ބައި ވަރަށް ބޮޑުތަން ކުޑަވާނެއެވެ. އެހިސާބުން ހަށިގަނޑު ފަލަވާނަމަ އެއިގެ މާނައަކީ ކެއުން ބުއިމުގެ ކަންކަން ވަރަށް ގޯސްކޮށް ބެހެއްޓޭކަމެވެ.  

މިދިންމމަޢުލޫމާތާއިމެދު މާޔޫސްވެ 60 އުން މައްޗަށް ދިއުމުން ކެއުމަށް ބެލުމާއި ކަސްރަތުކުރުން ހުއްޓައިނުލާށެވެ! ކެއުމަށް ބެލުމާއި ކަސްރަތުކުރުމަކީ ގިނަ ބަލިތަކުން ސަލާމަތްވެ ހުރުމަށް މަގުފަހިކޮށްދޭ އެންމެ ބޮޑު އެއް ސަބަބެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން