ޝައިޠޯނާއަށް އެއްޗެތި ގޮވުމުން ޝައިޠޯނާއަށް ލިބޭނީ ހިތްވަރު! ބަލިކަށިވާނީ ބިސްމިﷲ ކިޔުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ޝައިޠޯނާއަށް އެއްޗެތި ގޮވުމުން ޝައިޠޯނާއަށް ލިބޭނީ ހިތްވަރު! ބަލިކަށިވާނީ ބިސްމިﷲ ކިޔުމުން!

ބައެއް މީހުންނަށް އެކިއެކި ކަންކަން ކުރިމަތިވުމުން އެކަން މެދުވެރިވީ ޝައިޠޯނާގެ ސަބަބުން ކަމަށް ބަލައި ޝައިޠޯނާއަށް ނުބައިބަސްތައް ބުނެއެވެ. މިޘާލަކަށް ހެޔޮ ކަމެއް ކުރަން ނިޔަތްގަނެގެން ހުއްޓައި ހަނދާން ނެތުން ނުވަތަ ކޮންމެވެސް ސަބަބެއް މެދުވެރިވެ އެކަމަށް ހުރަސް އެޅުން ފަދަ ކަންކަމުގައެވެ. އަދި ދަރިންނަށް ނުރަނގަލު ކަންކަން ކުރެވުމުންވެސް ޝައިޠޯނާ ކުށްވެރިކޮށް ނުބައިބަސްތައް ބުނެވެއެވެ. "ޝައިޠޯނާ އަހުރެންގެ ދަރިފުޅު މަގުފުރެއްދީ!" ކަމަށް ބުނެވެއެވެ. 

އެހެންކަމުން މިގެނެސްދެނީ އެކަން އެގޮތަށް ކޮށްގެން ނުވާނެކަމާއި އެފަދަ ޙާލަތެއް ކުރިމަތިވުމުން ޢަމަލުކުރަން އޮތް ގޮތެވެ. 

އަބޫދާވޫދުގައި ބަޔާންވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ. 

"ތިމަން ކަލޭގެފާނު ރަސޫލް ()ގެ ފަހަތްޕުޅުގައި (ޖަމަލެއް ނަމަވެސް ކޮންމެވެސް އެއްޗެއްގައި މަތީގައި) ދަތުރުފުޅު ކުރެއްވެވީމެވެ. ދަތުރުކުރައްވަނިކޮށް ހިމާރެއް ކުރިމައްޗަށް ވެއްޓުނެވެ. އެހިނދު ތިމަން ކަލޭގެފާނަށް ޝައިޠޯނާ ހަލާކުކުރެއްވެވުމަށް ވިދާޅުވެވުނެވެ. 

އެ ހިނދު ރަސޫލް () އެކަން މަނާކުރެއްވެވިއެވެ. އަދި ހަދީޘްފުޅު ކުރެއްވެވިއެވެ. "ޝައިޠޯނާ ދެކެ ރުޅި އައިސް އެއްޗެތި ނުގޮވާށެވެ! އެއިރުން އެކަން މެދުވެރިވީ ޝައިޠޯނާގެ މޮޅުކަމުންކަމަށް ޤަބޫލުކުރެވި ގެއެއް   ވަރަށް ފުފޭނެއެވެ. އަދި ބިސްމިﷲ ކިޔާށެވެ! އެއިރުން ޝައިޠޯނާ ނިކަމެތިވެ ހިމަވެ މެއްސެއްގެ ސައިޒަށް ކުޑަވެގެންދާނެއެވެ." 

Abu al-Malih reported: A man said, “I was riding on a mount behind the Prophet and it stumbled, so I said: May Satan perish!” The Prophet, peace and blessings be upon him, said, 

“Do not say: May Satan perish. Verily, if you say that he will swell up with pride until he is as big as a house and he says: By my might! Rather, you should say: In the name of Allah. Verily, if you say that he will shrink until he is as small as a fly.” 

Source: Sunan Abī Dāwūd 4982

Grade: Sahih (authentic) according to Al-Albani 

އަދިވެސް އިތުރު ޙަދީޘްފުޅެއްގައިވެއެވެ. 

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, 

“Do not curse Satan, but rather seek refuge in Allah from his evil.” 

Source: al-Mukhalliṣīyāt 1572

Grade: Sahih (authentic) according to Al-Albani 

ވީމާ އެއްވެސް ކަމަކާއި ގުޅިގެން ޝައިޠޯނާއަށް އެއްޗެތި ނުގޮވާށެވެ! އެކަން ވެގެންއެދަނީ ޝައިޠޯނާ ބޮޑާވެ ފަޚުރުވެރިވުމަށް ލިބޭ ފުރުޞަތަކަށެވެ. އެއިގެ ބަދަލުގައި ﷲ ތަޢާލާ މަތިވެރިކުރާށެވެ! އެއިރުން ޝައިޠޯނާ އެދަނީ ދެރަވެ ނިކަމެތިވެގެންނެވެ!

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން