ހެޔޮލަފާ މީހަކާ ކައިވެނިކުރުމަކީ ސުވަރުގެ ލިބުމަށް މަގުފަހިވާ ސަބަބެއް!: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ހެޔޮލަފާ މީހަކާ ކައިވެނިކުރުމަކީ ސުވަރުގެ ލިބުމަށް މަގުފަހިވާ ސަބަބެއް!: ޝައިޚް ޢަލީ ހައްމުދާ

ބައެއް ކަންކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށް ބުނެވިދާނެއެވެ. ނަމަވެސް އެކަމެއް ކުރުމުން ތިމާގެ ދުނިޔެއާއި އާޚިރަތަށް ފައިދާކުރާނެ އެއްވެސް ކަމަކީ ކުރަން ނުޖެހޭނެ ކަމެއް ކަމަށް ކަނޑައެޅުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.

ކައިވެނީގެ ސަބަބުން ސުވަރުގެދިއުމަށް މަގުފަހިވާކަމަށް ބުނުމުން "ސުވަރުގެ ލިބިގަތުމަށް ކޮންމެހެން ކައިވެނިކުރަންޖެހޭނެތޯ؟" ބައެއް މީހުން ސުވާލުކުރެއެވެ. ޖަވާބަކީ ސުވަރުގެ ވަންނަން ކޮންމެހެން ކައިވެނިކުރާކަށް ނުޖެހެއެވެ. ކައިވެނި ނުކުރި ނަމަވެސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެއްޖެނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ. މައްސަލައަކަށްވަނީ ކައިވެނިނުކުރާނަމަ ދީނުގައިވާ ގޮތަށް ޘާބިތުވެވޭ މީހުންގެ ޢަދަދު މަދުކަމެވެ.  

އެހެންކަމާއިއެކުވެސް ބައެއް ކަންކަން އަހުރެން ފާހަގަކޮށްލާނަމެވެ. އެއީ ސުވަރުގެ ލިބިގަތުމަށް ކޮންމެ މީހަކަށްވެސް ބޭނުންވާނެ ކަންކަމެވެ. އެގޮތުން ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ﷲ ތައާލާއަށް އަޅުކަންކުރުންމަތީގައި ދެމިހުރުމެވެ. ދެވަނަ ކަމަކީ ރަސޫލް ގެ ސުންނަތަށް ޢަމަލުކުރުމެވެ. 3 ވަނަ ކަމަކީ ފާފަތައް ކުރެވުމުން ދުރުހެލިވެ ހުރުމެވެ.  

މި 3 ކަންތަކަށް ބެލިނަމަވެސް 3 ކަންތައްވެސް ވަނީ ކައިވެންޏާއި ވަރަށް ބޮޑަށް ގުޅިފައެވެ. ފުރަތަމަ 2 ކަންތަކުގައި ބައިވެރިއަކަށް ބޭނުންވެއެވެ. އެއީ ހެޔޮމަގަށް މަގުދެއްކުމާއި އަޅުކަންކުރަން ހިތްވަރުދިނުމަށާއި ހަނދާންކޮށްދިނުމަށެވެ.  

ޚާއްޞަކޮށް ފާފަނުކޮށް ހުރުމާއި ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އެހެނީ އިންސާނުން އުފައްދަވާފައިވަނީ ކަންތައްތަކަކަށް ބޭނުންވާ ގޮތަށެވެ. އެއިގެ ތެރޭގައި ކައިވެނިކުރުމުން ނޫނީ ކުރުން ހުއްދަނުވާނެ ކަންތައްތައް އެބަހުއްޓެވެ. އަދި އެކަންކަމަކީ އިންސާނުން އެންމެ ބޮޑަށް އެކަންކަމަށް ބޭނުންވާނެ ކަންކަމެވެ. 

މިއަދުގެ ޙާލަތުގައި ބައެއް ފިރިހެނުންވެސް ބައެއް އަންހެނުންވެސް ބައިވެރިއަކާއި ނުލައި ދުނިޔޭގައި އުޅެވިދާނެކަމަށް އެބަ ޤަބޫލުކުރެއެވެ. އެހެނަސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ދުނިޔޭގައި އުޅޭއިރު ބައިވެރިއަކު ނެތްނަމަ އުނިވާނެ ކަންތައްތަކެއް ހުންނާނެއެވެ. އަހަރެމެން ދުނިޔޭގައި ލައްވަވާފައިވަނީ ބައިވެރިއަކާއިއެކު ދުނިޔޭގައި އުޅެންޖެހޭނެ ގޮތަށެވެ. ވީމާ ބައިވެރިއަކު ނެތްނަމަ ކުރިމަތިވާނެ ދަތިތަކެއް ހުންނާނެއެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން  

 

 

މިއަދު އޮންލައިން