ލެގެވޭ މުސައްލަ އިނާމު ލިބިލައްވާފައިވާ ކިޔުންތެރިންގެ ސަމާލުކަމަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ލެގެވޭ މުސައްލަ އިނާމު ލިބިލައްވާފައިވާ ކިޔުންތެރިންގެ ސަމާލުކަމަށް!

ރަމަޟާން ޚާއްޞަ ހަދިޔާއެއްގެ ގޮތުން ކޮންމެ ދުވަހަކު ކިޔުންތެރިއަކަށް ދެމުން މިގެންދާ ލެގެވޭ މުސައްލަ ލިބިލެއްވި ބައެއް ބޭފުޅުން އަދިވެސް ނުގެނަދަވައެވެ. ބައެއް ބޭފުޅުން ހޯއްދަވަން ނުވެސް ގުޅުއްވައެވެ. 

އިނާމު ހުށަހަޅާ ސުވާލު ލިޔުމުގައިވެސް އަޅުގަނޑުމެން އެދެމުން މިއަންނަނީ ލިބިލެއްވި ކަމުގެ މެސެޖް ލިބިލެއްވުމުން 2 ދުވަހުގެ ތެރޭގައި ގެންދެވުމަށެވެ. ވީމާ 17 ވަނަ ދުވަހާއި ހަމައަށް އިނާމު ލިބިލެއްވި ކިޔުންތެރިންގެ ތެރެއިން ނުގެންދަވާ ބޭފުޅުންގެ އިނާމު 20 ވަނަ ދުވަހާއި ހަމައަށް ނުގެންދަވައިފިނަމަ އެހެން ކިޔުންތެރިންނަށް އެފުރުޞަތު ބަދަލުކުރަން ޤަޞްދުކުރަމެވެ. 

މިއީ ރަމަޟާން މަހަށް ވަރަށް ޚާއްޞަ ނިޔަތަކާއިއެކު ދޭންބޭނުންވާ ހަދިޔާޢަކަށްވާތީއެވެ. މިގޮތުން ފަހުން ގުޅުއްވީތީ މުސައްލަ ލިބި ނުލައްވާ ކިޔުންތެރިންނަށް ބަދަލުގައި 4 ފުޅި ހުވަނދު އަރުވާނެ ވާހަކަވެސް ދަންނަވަމެވެ.

 

މިއަދު އޮންލައިން