މިރޯދަމަހު 141 ބާވަތެއްގެ އަގު ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންދާނެ: ވަޒިރު

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
މިރޯދަމަހު 141 ބާވަތެއްގެ އަގު ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންދާނެ: ވަޒިރު

މިއަހަރުގެ ރަމަޟާންމަހު 141 ބާވަތެއްގެ އަގު އެ ވުޒާރާއިން ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ތަކެތީގެ ތެރެއިން 32 ބާވަތެއް ކްރިޓިކަލް އައިޓަމްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ސަރުކާރުން އަގުތައް ގާތުން ބަލާނެ 141 ބާވަތުގެ ތެރޭގައި ގޭބީސީތަކުގައި ކެއުމަށާއި، ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ އަސާސީ 93 ބާވަތަކާއި، މޭވާ އަދި ތަރުކާރީގެ 38 ބާވަތެއްގެ އިތުރުން ކަނޑުމަހުގެ 10 ބާވަތެއް ހިމެނެއެވެ.

"ރަމަޟާންމަހަށް ތައްޔާރުވުމުގެ މަސައްކަތް އެސްޓީއޯއާއި ގުޅިގެން 6 މަސްކުރިން ވަނީ ފަށާފައި،" ވަޒީރު ވިދާޅުވިއެވެ.

އެސްޓީއޯއާއި އަމިއްލަ ވިޔަފާރިތައް ހިމެނޭގޮތުން ކުރަމުންދާ މަސައްކަތުން، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާ ދުވަސްވަރެއްގައިވެސް ރާއްޖޭގައި ކެއިންބުއިމަށް ބޭނުންވާ ތަކެތި ދަތިކަމެއްނެތި ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން