ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

ދައުލަތާ ދެކޮޅަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ގެނެސްދީފައިވާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލްމީޑިއާގައި ވިދާޅުވީ، "ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.

އިތުރަށް ހީނާ ވިދާޅުވީ، އެއްވެސް ޞައްޙަކަމެއް ނެތް މިފަދަ ވާހަކަތައް ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައަކީ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ބާޠިލުކުރުމަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެކެވެ. 

މިއަދު އޮންލައިން