އަސްތަޣްފާރުކުރަން ގިނައިރު އެކައްޗެއް ކިޔަން ފޫހިވާނަމަ ބަދަލުކުރަމުން ކިޔޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އަސްތަޣްފާރުކުރަން ގިނައިރު އެކައްޗެއް ކިޔަން ފޫހިވާނަމަ ބަދަލުކުރަމުން ކިޔޭނެތަ؟

ގިނަ ޢަދަދަކަށް އެއް ޛިކުރަން ކިޔަން ފޫހިވާނަމަ ތަފާތު ޛިކުރެއް ކިޔުމަކީ މައްސަލައެއްތޯ؟  

ޖަވާބުގައި ބުނަންޖެހެނީ ޛިކުރުގެ ގޮތުގައި ވާރިދުވެގެންވާ ކޮންމެ ޛިކުރެއްވެސް ކިޔަންވީއެވެ. އިރުއިރުކޮޅުންވެސް ބަދަލުކޮށް ފޫހިނުވާނެ ގޮތަށް ކިޔާށެވެ. އެހެންނަމަވެސް ދެއިރުގެ ޛިކުރުތަކުގެ ތެރޭގައި ކިޔަންހުރި ޛިކުރުތައް މަދުވެގެން އެޢަދަދުތަކަށް ކިޔަންވާނެއެވެ.  

ތިރީގައިވާ ލިޔުމުގައި އެވަނީވެސް ހަމަ ނުހަނު މަތިވެރިކަންބޮޑު ޛިކުރެކެވެ. ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި މިއީ ވެސް ހަމަ އެންމެ މަތިވެރި ޛިކުރުތަކުިގެ ތެރެއިން ހިމެނިގެންވާ ޛިކުރެކެވެ. ސަބަބަކީ މިޛިކުރުގައި ބަޔާންކޮށް އިޢްތިރާފްވަނީ ﷲ ތަޢާލާގެ އެއްކައުވަންތަ ކަމަށެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. އެހްން އެއްވެސް މީހެއްގެ އެއްވެސް ބާރެއް ނެތަކަމަށެވެ. މިކަންކަމަކީ އިސްލާމް ކަމުގެ ބިންގަލެވެ. 

ސުވަރުގޭގެ ޚަޒާނާތަކުން:   

لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ 

މިއީ ސުވަރުގޭގެ ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެއް. ގިނަގިނައިން މިޛިކްރު ވިދާޅުވޭ. 

"އަސްތަޣްފާރު ކުރުންމަތީ ދެމިހުރެއްޖެމީހާ އަށް ކޮންމެ ދަތިކަމަކުން ސަލާމަތްވާނެ މަގު ދައްކަވާނެތެވެ. އަދި ކޮންމެ ކަންބޮޑުވުމަކާއި ހާސްކަމެއް ފިލައިދާނެއެވެ. އަދި ހީވެސްނުކުރާފަދަ ގޮތަކަށް ރިޒްޤު ތަނަވަސްކޮށްދެއްވާނެއެވެ." ޙަދީޘް.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން