ޢާއިޝަތު ރަފާޙް ޢަލީ
ކައިވެނި ބިނާވެގެންވަނީ މަސްއޫލިއްޔަތު ތަކެއްގެ މައްޗަށެވެ. ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ މައްޗަށެވެ. އެއިގެ ތެރެއިން ދެމީހުންގެ މައްޗަށްވެސް އޮތް އެންމެ ބޮޑު ޙައްޤަކީ އަޅުކަންކުރުމުގައި އެހީތެރިވެދީގެން އެކުގައި ސުވަރުގެ ވަންނަން މަސައްކަތްކުރުމެވެ.
އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީނެވެ. އަދި ދީނުގައި ލައްވަވާފައިވާ ކަންކަމަކީ އަޅުގަނޑުމެންނަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އުފާވެރިކަން ލިބޭނެ ކަންކަމެވެ.
މާތް ﷲ ކީރިތި ގުރްއާނުގައި ވަހީ ކުރައްވާފައިވެއެވެ.
الرِّجَالُ قَوَّامُونَ عَلَى النِّسَاءِ– (النساء: ٣٤)
"ފިރިހެނުންނަކީ އަންހެނުން އިސްލާމްދީންގެ ތެދުމަގަށް ސީދާކޮށް ބަރާބަރުކުރާ މީހުންނެވެ."
އެގޮތުން ތިރީގައި މިބަޔާން ކޮށްލަނީ ކައިވެނީގައި އަނބިމީހާ ފިރިމީހާއަށް އަދާކޮށްދޭން ޖެހޭ ބައެއް ހައްގުތަކެވެ.
· ފިރިމީހާއަށްޓަކައި ޒީނަތްތެރިވުން
· ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުން
· ފިރިމީހާއަށް ލިބޭ އުފަލުގައި ބައިވެރިވުމާއި ހިތާމާތަކުގައި ހިތްވަރުދިނުން
· ފިރިމީހާގެ ސިއްރުތައް ރައްކާތެރި ކޮށްދިނުން
· ފިރިމީހާ ހިތްހަމަޖެހޭ ފަދަ ކާނާ ތައްޔާރު ކޮށްދިނުން