މަސައްކަތް ނިންމައި ފިރިމީހާ ގެއަށް އަންނަން ގާތްވުމުން ގުޅާލާފައި މި 3 ސުވާލުކޮށްލާށެވެ!
ލޯބިވާ ފިރިމީހާއެވެ! ތިބާގެއަށް އަންނައިރު ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ގޭތެރެ ށާފުކޮށް ރީތިކޮށް އޮތުން ހެއްޔެވެ؟ ކައްކާފައި ކާންހަދާފައި ހުރުން ހެއްޔެވެ؟ ނޫނީ އަހުރެން ފެންވަރައި ރީތިވެ ނަލަހެދިގެން ތިބާއަށް މަރުޙަބާކިޔަން ތައްޔާރުވެގެން ހުރުން ހެއްޔެވެ؟
ޖަވާބުގައި އޭނާ ބޭނުންވަނީ އަނބިމީހާ ފެންވަރައި ރީތިވެ ނަލަހެދިގެން ފިރިމީހާއަށް މަރުޙަބާކިޔަން ތައްޔާރުވެގެން ހުރުން ކަމަށް ބުނެފިނަމަ އެއީ ހަމަ އަގުބޮޑު ޖަވާހިރެއް ފަދަ ފިރިއެކެވެ. އޭނާ ނުރުހޭނެ ބަހެއްވެސް ނުބުނާށެވެ.
އެހެން ކަމެއްވެސް ފާހަގަކޮށްލާނަމެވެ. ފިރިމީހާގެ ކިބައިން މިޖަވާބު ލިބުނަސް ހެޔޮލަފާ އަންތބަކު ނަމަ މަރުޙަބާކިޔަން ތައްޔާރުވެގެން ހުންނާނީ ދެން ބުނި 2 ކަންތައްވެސް ކޮށްފައެވެ. އެއީ އެކަންކަމަކީ ފިރިމީހާ އިންތިހާއަށް ބޭނުންވާނެ ކަންކަން ކަން އަނބިމީހާއަށް ވިސްނޭނެތީއެވެ.
ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ރަނގަޅު ގޮތުގައި އޮތްނަމަ އަނެކާގެ ބޭނުންތައް ނުބުންޏަސް އެނގޭނެއެވެ. ވީމާ ނުބުނި ނަމަވެސް އެކަންކަން ފުރިހަމަކުރާނެއެވެ. ބުނެގެން ފުރިހަމަކުރުވަން ޖެހޭނީ ޚާއްޞަ ބޭނުންތަކެވެ.
އަނބިމީހާއަށް ތިމާގެ ބޭނުންތައް އެނގެންޖެހޭނެ ކަމަށް ޤަބޫލުކުރާފަދައިން ފިރިންނަކީވެސް އަނބިމީހާގެ ބޭނުންތައް އެނގޭ މީހަކަށްވާން ޖެހޭނެއެވެ. މިއީ ތިލަފަތުގެ ދެކޮޅު ހަމަކުރަން ކުރަންޖެހޭނެ ކަމެކެވެ. ދެން ދެމީހުންވެސް ވިސްނާށެވެ! އަނެކާގެ ބޭނުންތައް އެނގުމަކީ އެކަންކަން ފުއްދައި ދިނުމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް