ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ލިޔާއިރު ތާނައިން ލިޔަން ވަޤުތު ނެތުމުން ނަމަވެސް ނުވަތަ ފަރުވާކުޑަކުރެވޭތީ ނަމަވެސް ރަނގަޅު ނޫން ގޮތްގޮތަށް ލިޔެވިފައި ހުންނަތަން އެބަފެނެއެވެ. "ޞައްލައްލޯހު" ވެސް އެބަ ލިޔެވެއެވެ. މިއީ ވަރަށް ނުރަނގަޅު ކަމެކެވެ. ލިޔެގެންވާނެ ގޮތެއްވެސް ނޫނެވެ. ކުށް ގޮތެކެވެ.
މިއޮތީ އެކަމަށް އޮތް ވަރަށް ފަސޭހަ ޙައްލެކެވެ. ތަޖުރިބާކޮށްލައްވާށެވެ!
މައިކްރޯސޮފްޑް ވޯޑުން ލިޔާއިރު ﷺ ލިޔާނެ ފަސޭހަގޮތެއް!
މައިކްޜޮސޮފްޓް ވޯޑުން ލިޔަމުން ގެންދާއިރު މުޙައްމަދުގެފާނު، ރަސޫލް ﷺ ގެ ނަންފުޅު ލިޔާއިރު އެކަން ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ނަންފުޅު ލިޔެފަ އިނގިރޭސިއަކުރުން fdfa ލިޔެފަ ޢޯލްޓް އަދި އެކްސް އަކުރަށް އެއފަހަތާ ފިއްތައިލުމެވެ. އެއިރުން ﷺ އަށް އަމިއްލައަށް ބަދަލުވެގެންދާނެއެވެ.
ދިވެހިބަހުން ލިޔަމުން ގެންދާއިރު އެކަންކުރަންވުމުން އިނގިރޭސިއަށް ކީބޯޑް ބަދަލުކޮށްލާށެވެ. އެއްފަހަރު އެގޮތަށް ބަދަލުކޮށްގެން ލިޔުމަށްފަހު ކޮޕީ ޕޭސްޓް ހަދަމުން ގެންދިއުމުން ކޮންމެފަހަރަކު ކީބޯޑް ބަދަލުކުރާކަށް ނުޖެހޭނެއެވެ.
މައުލޫމާތު: މުޙައްމަދު ޢާޞިފް (މޮންދު)