ކީރިތި ޤުރްއާން ހިތުދަސްކުރަން މަސައްކަތްކުރަމުން ދަނިކޮށް އެކުގަ ދަސްނުކުރެވެނީސް މަރުވިޔަސް އެމީހަކު ލިޔުއްވާހުށީ ޙާފިޡުންގެ ތެރެއިން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކީރިތި ޤުރްއާން ހިތުދަސްކުރަން މަސައްކަތްކުރަމުން ދަނިކޮށް އެކުގަ ދަސްނުކުރެވެނީސް މަރުވިޔަސް އެމީހަކު ލިޔުއްވާހުށީ ޙާފިޡުންގެ ތެރެއިން! އިން ޝާ ﷲ

ޢިލްމްވެރިން ބަޔާންކުރައްވަވާ ގޮތުގައި ކީރިތި ޤުރްއާން ހިތުދަސްކުރަން މަސައްކަތްކުރަމުން ދަނިކޮށް އެކުގަ ދަސްނުކުރެވެނީސް މަރުވިޔަސް އެމީހަކު ލިޔުއްވާހުށީ ޙާފިޡުންގެ ތެރެއިންނެވެ. ކޮންފަދަ މަތިވެރި ޝަރަފެއްތޯއެވެ؟ ކޮންފަދަ ބޮޑު ނިޢުމަތެއްތޯއެވެ؟  

ކީރިތި ޤުރްއާނާއި ގާތްވުމުގެ ތެރެއިން އެއްބައަކު އިން ޝާ ﷲ ސުވަރުގެ ވަންނަމުންދާއިރު އެއިގެތެރެއިން ވެސް އެންމެ ކާމިޔާބު، އަދި އެންމެ ފަސޭހައިން ކާމިޔާބުކުރެވެން އޮތީ ތަޖްވީދުމަގުން ރިވެތިކޮށް ކިޔެވުމާއި ހިތުދަސްކޮށްގެން ޙާފިޡަކަށްވުމެވެ. ނުވަތަ އެންމެ ގިނައިން ހިތުދަސްކުރެވުމެވެ. 

ޤުރްއާނުގެ އަހުލުވެރިންނަށް ބުނެވޭނެތެވެ. "ތިބާއަށް އެނގޭ މިންވަރުން ކިޔަވަމުން ސުވަރުގޭގެ މަތީ ދަރަޖަތަކުން އަރައިގެންދާށެވެ." އެފަދައިން ބުނެވިއްޖެ މީހާ ކިޔަވަމުން ހަމަ އަރައިގެންދާންވީއެވެ. ހުއްޓުވާނެ ފަރާތެއް ނުވާނެއެވެ. އަމިއްލައަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އަރައިގެންދިއުމުގެ ފުރުޞަތު ލިބުމަށްވުރެ ބޮޑު ނަޞީބަކީ ކޮބައިހެއްޔެވެ؟ 

އެއްވެސް އިރެއްގައި ރިވެތިކޮށް ޤުރްއާން ކިޔަވަން ދުވަސްވުމަކީ އެންމެންނަށް ލިބޭ އުފަލެއް ނޫނެވެ. އެހެންވެ މިހާރުގެ މައިންބަފައިންގެ ތެރޭގައިވެސް ރިވެތިކޮށް ނުކިޔެވޭ މައިންބަފައިން ތިބޭނެއެވެ. އެކަމަށް މާޔޫސްވުމެއްވެސް ނެތެވެ. ދަސްކުރަން މިހާރުވެސް މަސައްކަތްކުރަންވީއެވެ.  

ހަމައެއާއިއެކު ކިތަންމެ ބޮޑު ޤުރްބާނީއެއްވާންޖެހުނަސް ދަރިންނަށް ތަޖުވީދުމަގުން ރިވެތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދޭން މަސައްކަތްކުރާށެވެ! އެކަމަށް ކުރާ މަސައްކަތަކީވެސް އަދި ކުރާ ހޭދައަކީވެސް ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. އާޚިރަތް ދުވަހު ދެއްވަވާނެ ޘަވާބުގެ މިންވަރު ނުވެސް ވިސްނޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން