ހައިހޫނުކަމުގަ އިންނަން ޖެހުނަސް އެންމެ ހެޔޮލަފާ އަނބިން ދޭނީ މިނަޞޭޙަތް! ސުވަރުގެ ވަދެވެން އޮތީ ޤަބޫލުކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހައިހޫނުކަމުގަ އިންނަން ޖެހުނަސް އެންމެ ހެޔޮލަފާ އަނބިން ދޭނީ މިނަޞޭޙަތް! ސުވަރުގެ ވަދެވެން އޮތީ ޤަބޫލުކޮށްގެން!

ދަރިންނަށް ކާންބޯން ނުދެވިގެން ނުވަތަ ތިމާއަށް ހައިހޫނު ކަމުގައި އުޅެން ޖެހުނަސް ސުވަރުގެ ނަގައިނުލާށެވެ! ނިނަޞޭޙަތް ޤަބޫލުކުރާށެވެ!

ހެޔޮލަފާ އަނބިން ބުނާނީ މިފަދައިންނެވެ.

"އެއްއިރު ކައިގެންވެސް ތިބެދާނަމެވެ. ހައިހޫނުކަމުގައިވެސް ތިބެދާނަމެވެ. ކޮންމެވެސް ކޮންމެވެސް ޙަލާލު ނޫން އެއްވެސް އެއްޗެއް ނަމަނަމަ ގެއަށް ނުވައްދާށެވެ! ބަނޑަށް މަރުވި ނަމަވެސް މަރުވުމުން ސުވަރުގެ ދެއްވަވާނެތެވެ! ޙަރާމްއެއްޗެތި ކެއި ނަމަވެސް އަބަދަކު ދުނިޔެއަކު ނުތިބޭނެއެވެ! މަރުވާނެއެވެ! ނަރަކއިގެ އަލިފާނަކީ ހާދަހައި ހޫނުކަން ގަދަ އެއްޗެކެވެ."

މިފަދައިން ބުނާނެ އަންތބަކު ލިބިއްޖެ ނަމަ ކޮންމެ ގޮތަކުންވެސް ގެންގުޅެންވާނެއެވެ. ނަމަނަމަ ދޫކޮށްނުލާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާ، ފިރިމީހާ އާއި ދަރިންދެކެ ޙަޤީޤީ ލޯބިވާ އަނބިންނަކީ އެއީ އެވެ.

ޢާއިލާ ކައިބޮއި ހަދަނީ އަދި ބޭނުންކުރަނީ ޙަލާލުތަކެތިކަން ކަށަވަރުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ އެއް ބައަކީ އަނބިންނެވެ. އެހެނީ ފިރިމީހާއަށް ލިބޭ އާމްދަނީ އަނބިމީހާއަށް އެނގޭނެއެވެ. އެއަށްވުރެ އިތުރަށް ގެއަށް ވައްދާނަމަ ކޮން ގޮތަކުން ހޯދި އެއްޗެއްކަމާއިމެދު ސުވާލުކުރަންވާނެއެވެ!

އަނބިންނަކީ ﷲ ތަޢާލާއަށް ބިރުވެތިވުމަށާއި ހަލާލު އެއްޗެއް މެނުވީ ގެއަށް ނުވައްދަން ފިރިމީހާއަށް ހަނދާންކޮށްދޭ ބައަކަށް ވުމަށް ޢިލްމުވެރިން ގެންދަވަނީ ގޮވާލައްވަމުންނެވެ.

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "އޭ ލޮބުވެތި އުޚުތާއެވެ! ތިބާއަކީ ތިބާގެ ފިރިމީހާއަށް މިފަދައިން ބުނެ، ހަނދުމަކޮށްދޭ މީހަކަށްވާށެވެ! އޭ މިވެނި މީހާއެވެ! އަހަރެމެންނާއިމެދު ﷲ އަށް ބިރުވެތިވާށެވެ! ފަހެ ހަލާލު އެއްޗެއް މެނުވީ މިގެއަށް ނުވައްދާށެވެ."

އަނބިން މިގޮތުގައި ސާބިތުވެއްޖެނަމަ މިހާރު ޢާންމުވެގެން މިއުޅޭ ވައްކަމާއި ކޮރަޕްޝަނުގެ ބޮޑު ވަބާއިން ސަލާމމަތްވެވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދރުސަކުން

މިއަދު އޮންލައިން