އިސްލާމް ދީނުގައި ހުރިހާ ކަމެއްވެސް އައިސްފައިވަނީ ވަރަށް ރަނގަޅު ތަރުތީބަކުންނެވެ. އެގޮތުން ފުރަތަމަ އޮތީ ދަރިންގެ ޒިންމާއެވެ. އެއިގެ ފަހަތުން އަނބިންގެ ޒިންމާއެވެ.
މިހެން ބުނުމުން މައިންބަފައިންގެ ޒިންމާ ކޮބައިތޯ ސުވާލުކޮށްފާނެއެވެ. ޖަވާބަކީ މައިންބަފައިން 1 ވަނައިގައި އޮންނާނީ ކައިވެނި ނުކޮށް ހުންނައިރުއެވެ.
ސަބަބުވެސް ބުނާނަމެވެ. މައިންބަފައިންގެ ޒިންމާ އުފުލާނެ އެހެން ދަރިންވެސް ތިބޭނެއެވެ. ނަމަވެސް ކައިވެނިކޮށް އެކުގައި ދިރިއުޅެން ފެށުމުން އަދި ދަރިން ލިބުމުން ތަފާތުވާނެއެވެ. ދަރިން ލިބުމުން ފުރަތަމަ ދަރިންނެވެ. އެހެން އެވަނީ އަނބިމީހާއަށް އޭނާގެ ޢާއިލާގެ އެހީތެރިކަންވެސް ހޯދިދާނެއެވެ. ނަމަވެސް ދަރިފުޅަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭނެ އެހެން މީހަކު ނުހުންނާނެތީއެވެ.
ދަރިންގެ ފަހަތުން އަނބިމީހާ އަންނަ ސަބަބަކީ ކައިވެނިކުރުމަށްފަހު އަނބިމީހާ އޭނާގެ ޢާއިލާ އާއި ވަކިވެ ހަމައެކަނި ފިރިމީހާގެ ބެލުމުގެދަށުގައި ހުންނާތީއެވެ.
ނަމަވެސް މީގެ މާނައަކީ މައިންބަފައިންނަށް އިހްމާލުވުމެއް ނޫނެވެ. މައިންބަފައިންނަށް އަބަދުވެސް ހެޔޮކޮށް ހިތަންޖެހޭނެއެވެ. ލޯތްބާއި އަޅައިލުން ދޭންޖެހޭނެއެވެ. އަނބިދަރިން ތިބުމަކީ މައިންބަފައިންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްނުދޭން ދެއްކޭނެ ބަހަނާއެއް ނޫނެވެ. މައިންބަފައިންނަށް އިހްމާލުވުމަކީ ކުރެވޭ ބޮޑު ފާފައެކެވެ.
މިވާހަކަ ދެއްކުމުގެ ބޭނުމަކީ ބައެއް މީހުން އަނބިދަރިންނަށް އަޅާނުލައި ފަރުވާކުޑަކުރާތީ އެއީ ކޮށްގެންވާނެކަން ބަޔާންކުރުމަށެވެ. އަނބިދަރިންނަށް އަލައިލަން ޖެހޭނެއެވެ. އަދި މައިންބަފައިންނަށްވެސް އަޅައިލަންޖެހޭނެއެވެ. އެތަނުން އެކަކަށްވެސް އިހްމާލްވުމަކީ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމެކެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން