ދިގު ހިނގުމަކަށްވުރެ ކުރުކޮށްނަމަވެސް ގިނައިން ހިނގާނަމަ ބަރުދްނަ ލުއިވުން އިތުރުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދިގު ހިނގުމަކަށްވުރެ ކުރުކޮށްނަމަވެސް ގިނައިން ހިނގާނަމަ ބަރުދްނަ ލުއިވުން އިތުރުވޭ!

އަމާޒަކީ ބަރުދަން ލުއިކުރުން ކަމުގައި ވާއިރު ހިނގުމަކީ ސިކުނޑިއަށް އަންނަ ފުރަތަމަ ވޯކްއައުޓަކަށް ނުވެދާނެއެވެ. އަދި އަވަށްޓެރި ބައެއް ޤައުމުތަކުގައި ފަސޭހަކަމާއެކު ހިނގާލަން އުޅުމަށްވުރެ ގިނައިން އެރޮބިކް ހަރަކާތްތައް ކުރުމަށް ވަގުތު ހޭދަކުރުމަކީ ގިނަ ކެލޮރީ އަންދާލެވޭނެ ކަމެއް ކަމީ ތެދެކެވެ. އެކަމަކު އެކަން ކުރު، ގިނައިން ހިނގާލުންތަކަށް ބަހާލލައިގެން ނަމަވެސް ހިނގާފައި ދިއުމުން ބަރުދަން ލުއިކުރުމުގެ ފައިދާތައް އެބަހުއްޓެވެ. 

ހަގީގަތުގައި ދުވާލަކު އެއްފަހަރު 50 މިނެޓް ހިނގާލުމާއި ކޮންމެ ދުވަހަކު 25 މިނެޓްގެ ދެ ހިނގުމެއްގެ ފައިދާ އަޅާކިޔާ ދިރާސާތަކުން ދައްކާ ގޮތުގައި މީހުންގެ އުނަގަނޑުން އިތުރު އިންޗި  އުނިވެ ކުރު ދެ ހިނގުމުން ބޮޑަށް ބަރުދަން ލުއިވެއެވެ.  

ދުވާލަކު އެތައް ފަހަރަކު ހިނގާލުމުގެ ފައިދާގެ ބަޔަކީ މިގޮތަށް ކަންތައް ކުރުމުން ގިނަ ފަހަރަށް ކެއުމަށްފަހު އިށީނދެގެން ތިބެގެން ހޭދަކުރާ ވަގުތު (ނުވަތަ ޑެސަރޓާއެކު އިތުރު ކެލޮރީ ކެއުމަށް ހޭދަކުރާ ވަގުތު) އޭގެ ބަދަލުގައި ކެއުމަށްފަހު ހިނގާލުން ކަމަށް ޑޮކްޓަރުން ލަފާދެއެވެ.  

"ކެއުމަށް ފަހު އެއްގޮތަކަށް ހިނގުމަކީ ކެލޮރީ ޑެފިސިޓާ ގާތްކޮށްދޭނެ ކަމެއް ކަމަށާއި އެކަން އެއްގޮތަކަށް ދަމަހައްޓައިފިނަމަ އެއީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް ބުނެއެވެ. ކެއުމަށްފަހު ހިނގާއިރު ހަށިގަނޑުން ކަސްރަތަށް ސަޕޯޓް ދިނުމަށް އިތުރު ހަކަތައެއް ހޭދަކުރާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން އިށީނދެ ނުވަތަ އަރާމުކުރުމަށްވުރެ ކެލޮރީ އަނދާމިންވަރު އިތުރުވެއެވެ. 

އަދި ބަރުދަން ލުއިކުރުމަކީ އަމާޒު ނޫން ނަމަވެސް ކެއުމަށްފަހު ހިނގާލުމަކީ އަދިވެސް ބަރުދަން މެނޭޖްކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ބެލެވެއެވެ. 

"ކައިގެން ހިނގުމަކީ ކެއުމަށް ޝައުގުވެރިކަން ރެގިއުލޭޓް ކުރުމާއި ކެއުމުގެ މެދުގައި ލުއި ކާނާ ކެއުން މަދުކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށާއި މިއީ ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެއް،" ކަމަށްވެސް ޑޮކްޓަރުން ބުނެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

މިއަދު އޮންލައިން