ދުނިޔެއަކީ ދާދި ކުޑަކުޑަ ހިނދުކޮޅަކު މަޑުކޮށްލަން ލިބޭ ވަޤުތީ މަންޒިލެކެވެ. ވީމާ ދުނިޔޭގައި އުޅެލަން މިލިބޭ މަދުދުވަސްކޮޅާއިމެދު ވިސްނަންވީ ޕިކްނިކަކު ގޮސްއުޅޭ އުޞޫލުންނެވެ. ސްލީޕިން ބޭގެއްގައި ނިދާލަން ޖެހުމަކީވެސް، ޖިފުޓިއެއްގައި ނިދާލަން ޖެހުމަކީވެސް މައްސަލައެއް ނޫނެވެ. މިއަދަކީވެސް މާދަމާއަކީވެސް ޑާއިމީ ދަތުރަށް ފުރަންޖެހިދާނެ ދުވަހަކަށްވާތީއެވެ.
ގަދައަޅައި މަސައްކަތްކުރަންވީ ތިމާގެ ދާއިމީ މަންޒިލުން ވީހައި ފުރިހަމަ ގަނޑުވަރެއް ހޯދުމަށެވެ. އެކަންކުރަން އެއްވެސް ފައިސާއަކަށްވެސް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމަ ކުޑްކުޑަ ހިތްވަރެކެވެ. އިން ޝާ ﷲ
ހޯދޭނެ މަގު މިއޮތީ!:
ތިބާ މާބޮޑަށް މި ބިނާތަކަށް (ދުނިޔޭގައިވާ އެންމެ އަގުބޮޑު ބިނާތަކަށް) ދަހިވެތިވުމުގެ ކުރިން މި ފުރިހަމަ ގަނޑުވަރުތަކުގެ އަގާމެދުގައި ވިސްނާލީމުތޯއެވެ…. ޝައްކެއްނެތެވެ..ކޮންމެ ބިނާއެއްވެސް މިލިއަނަށްވުރެ (މިލިއަންތަކަށްވުރެ) މަތިވާނެއެވެ..ތިބާއަށް އެއަގު އަދާ ކުރެވޭނެ ހެއްޔެވެ؟..
ނުވާނެ..ދެއްތޯއެވެ.
އެކަމަކު ދުނިޔޭގައިވާ މިފަދަ ހުރިހާ ގަނޑުވަރުތަކަށްވުރެ މާފުރިހަމަ ގަނޑުވަރެއް މިލްކު ކުރެވިދާނެ، އޭގެ އަގު އަދާ ކުރެވިދާނެ މަގެއް އެބައޮތެވެ..
އާނއެކެވެ. ތިބާއަށްވެސް އަޅުގަނޑަށްވެސް މިއަށްވުރެ މާފުރިހަމަ ގަނޑުވަރެއް އަމިއްލަ މިލްކަކަށް ހެދިދާނެއެވެ.
އެކަމުގެ ސިއްރަކީ އަހަރުމެންގެ ލޮބުވެތި ރަސޫލާ صلي الله عليه وسلم ގެ މިބަސްފުޅެވެ.
وعن أم حبيبة بنت أبي سفيان، أن النبي صلى الله عليه وسلم قال: “من صلى فى يوم وليلة ثنتي عشرة ركعةً، بُني له بيت في الجنة؛ أربعاً قبل الظهر، وركعتين بعدها، وركعتين بعد المغرب، وركعتين بعد العشاء، وركعتين قبل صلاة الفجر” رواه الترمذي، وقال: حسن صحيح،
ޢުއްމު ހަބީބާބިންތް އަބޫ ސުފްޔާން ވިދާޅުވިއެވެ. ރަސޫލު صلي الله عليه وسلم ހަދީޘް ކުރެއްވިއެވެ.
"ރެއާއި ދުވާލު ސުއްނަތް 12 ރަކްޢަތް އަދާ ކޮށްފި މީހާއަށް ﷲތަޢާލާ ސުވަރުގެއިން ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ."
އެއީ:
*މެންދުރު ނަމާދުގެ ކުރީގެ 4 ރަކްޢަށް އަދި ފަހުގެ 2 ރަކުޢްތެވެ.
*މަޢްރިބް ނަމާދުގެ ފަހުގެ 2 ރަކުޢަތެވެ.
*ޢިޝާ ނަމާދުގެ ފަހުގެ 2 ރަކުޢަތެވެ.
*އަދި ފަތިސް ނަމާދުގެ ކުރީގެ 2 ރަކުޢަތެވެ.
މި 12 ރަކުޢަށް ކުރުމަށް ތިބާ ހޭދަ ކުރަންޖެހެނީ 30-20މނެޓާ ދެމެދުގެ ވަގުތު ކޮޅެކެވެ.ބަދަލުގައި ﷲ ތަޢާލާ ތިބާއަށް ސުވަރުގެއިން ގަނޑުވަރެއް ބިނާކޮށް ދެއްވައެވެ. ސުބުޙާނައްﷲއެވެ. ކޮންމެ ދުވަހަކު ސުވަރުގެއިން ގަނޑުވަރެކެވެ.މިދުނިޔޭގައިވާ ހުރިހާ އެއްޗެއް އެއްކުރިކަމުގައި ވިޔަސް އެއާއި އެއްފަދަ ވެގެން ނުވާނެފަދަ ފުރިހަމަ ގަނޑުވަރެވެ.
ކުޑަ ކުޑަ ބިނާއެއް ފުރިހަމަ ކުރުމަށްވެސް އަހަރުމެން އެތައް އަހަރެއް ހޭދަކުރަން ޖެހެއެވެ. އެއާއި ޚިލާފަށް ހަޤީގީ ދުނިޔޭގައި ބޮޑު ގަނޑުވަރެއް ބިނާކުރުމަށް ތިބާ ހޭދަ ކުރަންޖެހެނީ އެންމެ 30-20މިނެޓެވެ. ކިހާ ބޮޑު ނިޢުމަތެއްތޯއެވެ.
ޢޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ..ވަގުތުފާއިތުނުވަނީސް އަހަރުމެން އެންމެން އަހަރުމެންގެ ގަނޑުވަރުތައް ބިނާކުރަން އަވަސްވެ ގަންނަމާ ހިނގާށެވެ.
-ލިޔުމުގެ އަޞްލު: އަލް އުޚްތު ބިންތު ޢަބްދިﷲ