ސިޙުރާ އެސްފީނާގެ އިތުރުން ޖިންނި ޝައިޠޯނުންގެ ކިބައިން ސަލާމަތްވެ ހުންނަން ކުރެވިދާނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ސިޙުރާ އެސްފީނާގެ އިތުރުން ޖިންނި ޝައިޠޯނުންގެ ކިބައިން ސަލާމަތްވެ ހުންނަން ކުރެވިދާނެ ކަންކަން-

ސިޙުރާއި އެސްފީނާގެ ކަންކަން މިދަނީ ފެތުރި އިތުރުވަމުންނެވެ. އެއީ އިންސާނުންގެ ދިރިއުޅުމަށް ގެއްލުންދޭން ހިންގާ ބޮޑެތި ޖަރީމާތަކެއްކަން އެނގިތިބެ އެފަދަ ނުބައިކަން ބޮޑު ފާފަތައް ގިނަ ބައަކު ކުރާތީ އެކަމުގެ ގެއްލުން އަންނަނީ ގިނަބައަކަށް ފޯރަމުންނެވެ.  

ސިޙުރާ އެސްފީނާގެ އިތުރުން ޖިންނި ޝައިޠޯނުންގެ ކިބައިން ސަލާމަތްވެ ހުންނަން ކުރެވިދާނެ ކަންކަން އޮޅުން ފިލުވަން ބޭނުންވެގެން ގިނަބައަކު ސުވާލުކުރެއެވެ. އެހެންވެ މިބުނެދެނީ އެގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.  

1 ފުރަތަމަ ކަމަކަށްވެސް ދުޢާކުރުން ގިނަކުރާށެވެ!

2 ދެއިރު އިޚްލާޞް، ފަލަޤް، ނާސް އަދި އާޔަތުލްކުރުސި ކިޔަވާށެވެ.

3 ކޮންމެ ދުވަހަކުވެސް ބަޤަރާ ސޫރަތް ކިޔަވާށެވެ! އެކުގައި ނުކިޔެވޭނަމަ ބައެއް ނަމަވެސްމެއެވެ. ކޮންމެ 3 ދުވަހަކުން ސޫރަތް ނިންމަން މަސައްކަތްކުރާށެވެ!

4 ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔަވާށެވެ!

اَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ

ކިޔުން ގިނަކުރާށެވެ!

6 ޤުރްއާން ކިޔެވުން ގިނަކުރާށެވެ!

7 ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! 

 8ތިބާއަށް ޖިންނި ޝައިޠޯނެއްގެ އުނދަގުލެއް ފޯރާކަން ވިސްނި ބިރުގަންނަން ޖެހޭ ޙާލަތުގައި ބަންގިގޮވާށެވެ!  

އަހުރެން ބުނާނީ އެއްވެސް އުނދަގުލެއް ނުފޯރާ މީހާވެސް މިކަންކަން ކުރުންމަތީގައި ދެމިހުރުމަށެވެ. ސަބަބަކީ އެންމެ މުހިންމީ ރައްކައުތެރިކަން ލިބިގަނެގެން ހުރުން ކަމަށްވާތީއެވެ. ޙަސަދަވެރިންގެ ހަސަދައިގެ ނުބައިކަން ފޯރާނީ ކޮން ވަޤުތަކުކަން ނުއެނގޭތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން