މަކަރާއި ހީލަތުގެ މައްސަލައިގެ ތަހްގީގަށް ދިވެހި ފިރިހެނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަންސް ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައިގެ ތަހްގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ފުލުހުން ހޯދަމުންދަނީ މުޙައްމަދު އުބާދަތު ޙުސައިން، ސ. ހިތަދޫ / ހަޒާރުމާގެ (29އ)
ފުލުހުން އޭނާ ހޯދަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ.
އެހެންކަމުން މިމަހުގެ 27ވަނަ ދުވަހުގެ 14:00އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.
ހަބަރު: ސަރުކާރު