ފުލުހުން ބޭއްވި މާހެފުމެއްގަ ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ފުލުހުން ބޭއްވި މާހެފުމެއްގަ ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގެންފި

ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާކިއުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން މާހެފުން ބާއްވައިފިއެވެ.

އިސްކަންދަބިލްޑިންގގައި ބޭއްވި މި މާހެފުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

މި މާހެފުމުގައި ދާޚިލި ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި ދައުލަތުގެ އެކި ވަޒީރުންނާއި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެެއްވިއެވެ

މީގެ އިތުރުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކު ތަކުގެ ފުލުހުންގެ އިތުރުން އާންމު މުވައްޒަފުން ވެސް މި މާހެފުމުގައި ބައިވެރިވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން