ސަރުކާރުން ދެއްވާ މަސްދަޅު ކޭސް މިރޭ ބަހަން ފަށާގޮތަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސަރުކާރުން ދެއްވާ މަސްދަޅު ކޭސް މިރޭ ބަހަން ފަށާގޮތަށް ނިންމައިފި

ރަމަޟާން މަހަށް ސަރުކާރުން ގޭބިސީތަކަށް ދެއްވާ މަސްދަޅު ކޭސް ބެހުން މިއަދު ފެށުމަށް ހަމަޖެހިފައިވާ ގަޑި ބަދަލުކޮށް، މިރޭ 20:30 އަށް ލަސްކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ ނިންމާފައެވެ.

އެސްޓީއޯ އިން މިއަދު ހާމަކުރި ގޮތުގައި، ކުރިން މިއަދު މެންދުރުފަހު 14:30 ގައި މަސްދަޅު ކޭސް ބަހަން ފެށުމަށް ރޭވިފައިވީ ނަމަވެސް، ކުރީ އަހަރުގެ ތަޖުރިބާއަށް ރިޢާޔަތްކޮށް އަދި ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި، ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ވަގުތު ބޭނުންވާތީ މި ބަދަލު ގެނައީއެވެ.

މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެސްޓީއޯ އިން ފާހަގަކުރި ގޮތުގައި ހުކުރު ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކުވެސް މި މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ބަހާނެ ގަޑިތަކުގެ ތެރޭގައި، މިއަދު 20 ފެބުރުވަރީގައި ރޭގަނޑު 20:30 އިން 23:00 އަށް، 22 ފެބުރުވަރީގައި ހެނދުނު 10:00 އިން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް، އަދި 23 އިން 27 ފެބުރުވަރީއަށް މެންދުރު 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މިއަދު އޮންލައިން