މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލަމުންދާ ބޭރު ފައިސާއާބެހޭ އާންމު ގަވާއިދަށް އާންމުންގެ ޚިޔާލު ހޯދުމަށް އިއްޔެ ހުޅުވާލައިފިއެވެ.
މި ގަވާއިދުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ބޭރު ފައިސާއިން ކުރެވޭ މުޢާމަލާތްތައް ކަނޑައެޅުމާއި، ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރުމުގެ އުސޫލުތައް ހިމެނެއެވެ. މީގެއިތުރުން، ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމާއި، އަދި މިކަމާ ގުޅުންހުރި އެހެނިހެން އިޖުރާއަތުތައް ކަނޑައެޅުން ހިމެނެއެވެ.
އެމްއެމްއޭއިން މި ގަވާއިދު އެކުލަވާލަނީ ބޭރު ފައިސާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 32/2024) ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ޤާނޫނުގެ ދަށުން ގަވާއިދުތައް ހެދުމާއި ތަންފީޒުކުރުމަކީ އެމްއެމްއޭގެ ޒިންމާއެކެވެ.
އެމްއެމްއޭއިން ހުޅުވާލި ފުރުސަތުގައި، މި ގަވާއިދަށް އާންމުންގެ އެއްވެސް ކޮމެންޓެއް އޮތްނަމަ، 23 ފެބުރުވަރީ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އަންގާފައިވެއެވެ. އަދި ގަވާއިދުގެ ފުރިހަމა ލިޔުން އެމްއެމްއޭގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެ އޮތޯރިޓީން މަޢުލޫމާތު ދީފައިވެއެވެ.