ޤުރުއާން އުނގަންނައިދިނުމުގައި ޤާރީންގެ ދަތިކަށް އޮތް ރަށްތަކުގެ ތެރެއިން 6 ރަށަކަށް، ރާއްޖެއިން ބޭރުގެ ޤުރުއާން ހިތުދަސް ޤާރީން ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޤުރުއާން އުނގަންނައިދިނުމުގައި ޤާރީންގެ ދަތިކަށް އޮތް ރަށްތަކުގެ ތެރެއިން 6 ރަށަކަށް، ރާއްޖެއިން ބޭރުގެ ޤުރުއާން ހިތުދަސް ޤާރީން ގެނެސްފި

ޤުރުއާން އުނގަންނައިދިނުމުގައި ޤާރީންގެ ދަތިކަށް އޮތް ރަށްތަކުގެ ތެރެއިން 6 ރަށަކަށް، ރާއްޖެއިން ބޭރުގެ ޤުރުއާން ހިތުދަސް ޤާރީން ގެނެސްފިއެވެ.

މި ބޭފުޅުން އެ ރަށްތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތަކުގައި ކިޔަވައި ދެއްވުމުގެ އިތުރުން މިސްކިތުގައި ޤުރުއާން ހިތު ދަސްކުރާ ކްލާސްތައް ހިންގަވާނެއެވެ.

މިކަންކަން ކުރިއަށްދާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ. މި މުދައްރިސުންނަށް މުސާރަ ދެވޭނީ ޤުރުއާން މަރުކަޒު މެދުވެރިކޮށް ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިންނެވެ. އިރާދަ ކުރެއްވިއްޔާ މިދަތިކަން ހައްލުވެ ރަށްތަކުގައި މީހުން އުފެދެންދެން މިކަންކަން ދެމިއޮންނާނެއެވެ.

މި ދަތިކަން އޮތް ހުރިހާ ރަށެއްގައި މި ދައުރުގައި މިކަން ޙައްލުކުރުމަށް މަސައްކަތްކުރާނަމެވެ. ހިލޭ ސާބަހަށް ޤުރުއާން އުނގަންނައި ދިނުން ފުޅާ ކުރުމަކީ ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެކެވެ. މީގެ އަހަރު ތަކެއް ކުރިން ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ހިފްޒުކޮށް ތަރާ ވީސް ކުރަން ވަރަށް ގިނަ ފަހަރު ބޭރު މީހުން ގެނެވިފައިވެއެވެ. ނަމަވެސް ހާފިޒުން އުފެއްދުމުގެ މަޝްރޫޢުތައް ފަށައި ކުރެވުނު މަސައްކަތްތަކުން މިކަމުގައި މިއަދު ހެޔޮ ނަތީޖާ ފެންނަމުންދަކަމީ ކޮންމެ މީހަކު އުފާ ވާނެ ކަމެކެވެ. ޒުވާން ޙާފިޒުންގެ ތެރެއިން ވަރަށް ގިނަ ޙާފިޒުންނަކީ އިސްލާމިކް މިނިސްޓްރީގެ 500 ހާފިޒުންގެ މަޝްރޫޢުގެ ދަސްވެނިން.ނެވެ. 

 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން