ގިނަ ބައަކު ބައިވެރިވެގެން މިސްކިތް އެޅުމަށް ފުރުޞަތު ހުޅުވާލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް އިސްލާމީ ވަޒީރު ޑރ. ޝަހީމް ވިދާޅުވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ގިނަ ބައަކު ބައިވެރިވެގެން މިސްކިތް އެޅުމަށް ފުރުޞަތު ހުޅުވާލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް އިސްލާމީ ވަޒީރު ޑރ. ޝަހީމް ވިދާޅުވެއްޖެ!

ގިނަ ބައަކު ބައިވެރިވެގެން މިސްކިތް އެޅުމަށް ފުރުޞަތު ހުޅުވާލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމްގެ ބަސްފުޅު: 

އަލަށް އަޅަން ފަށާ 6 މިސްކިތާއެކު، ކުރިއަށް ދާ 35 މަޝްރޫޢާއެކު ސަރުކާރުން  41 މަޝްރޫޢެއް ކުރިއަށް އެބަ ގެންދޭ. އަދި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި 12 މަޝްރޫއެއް އެބަ ކުރިއަށްދޭ. މީގެ އިތުރުން ރާއްޖޭގެ 42 ރަށެއްގައި ވަނީ މިސްކިތް އަޅަން އެބަޖެހޭ.

އަޅުގަނޑު ހިތަށް އަރާ ރަމަޟާން މަހު އެންމެންވެގެން މިސްކިތް އަޅަން ހުޅުވާލަން. މިސާލަކަށް އާޑިޒައިންގެ 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ޚަރަދުވާނީ ބީއޯކިއުގައިވާ ގޮތުން 6 މިލިއަން ރުފިޔާ. މި އަދަދު 6 ހާސް މީހުންވެގެން ނަމަ އެއީ މީހަކަށް އެއް ހާސް ރުފިޔާ! ކިހަ ގިނަ ސަވާބު ލިބޭނެ ކަމެއްމީ! އަމިއްލަ ޖަމިއްޔާއަކުން މިކަމަށް އިސް ނަގައި މި ގަދަ ކެމްޕޭނެއް ގެންދާ ނަމަ، މިނިސްޓްރީން އެކަމަށް ފުރިހަމަ ތާއިދު ދޭނަން. ނުވަތަ ތަނަވަސްކަމުގެ އަހުލުވެރިން ގުޅިގެން ބައިވެގެން މިސްކިތް އަޅަން ބޭނުން ނަމަ އެކަމަށް ވެސް ފުރިހަމަ އަށް އެހީތެރިވާނަން.

 

މިއަދު އޮންލައިން