މައިންބަފައިންގެ މަސްއޫލިއްޔަތު ބޯއިފްރެންޑާ ޙަވާލުކުރުން ގިނަވެއްޖެ! މިދެވެނީ ކޮން މިސްރާބަކަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މައިންބަފައިންގެ މަސްއޫލިއްޔަތު ބޯއިފްރެންޑާ ޙަވާލުކުރުން ގިނަވެއްޖެ! މިދެވެނީ ކޮން މިސްރާބަކަށް؟

"އަޅުގަނޑަށް ފާހަގަކުރެވޭކަމެއް ނަންގަނެލާނަމެވެ. މިހާރަކަށް އައިސް ބޯއިފްރެންޑާއިއެކު ޑޮކްޓަރަށް ދައްކަން އަންނަ ކުދިން ވަރަށް ގިނަވެއްޖެއެވެ. އެކަން އެނގެނީ ކޮންމެ މީހަކު އިންދައި ނުދެއްކޭނެ ވާހަކަ ހުންނާތީ އެކުގައި ހުރީ ކާކުތޯ؟ ޑޮކްޓަރަށް ދައްކަން އަންނަ އަންހެންކުދިންނާއި ސުވާލުކުރުމުންނެވެ. ބޯއިފްރެންޑް ގޮވައިގެން ވަރަށް ގިނަ އަންހެންކުދިން ޑޮކްޓަރަށް ދައްކަން އަންނަކަން އަޅުގަނޑަށް ކޮންމެ ދުވަހަކުހެން ތަޖުރިބާ ކުރެވެއެވެ." 

މިއީ މާލޭގެ ހޮސްޕިޓަލެއްގައި ޚިދުމަތްކުރައްވާ ޑޮކްޓަރެއްގެ ބަސްކޮޅެކެވެ. ޑޮކްޓަރު އެކަން ފާހަގަކުރައްވައި ވިދާޅުވީ މިއަދުނޫސް ވިދާޅުވާތީ މިބާވަތުގެ މައްސަލަތައް މިއަދުނޫހުގައި ފާހަގަކުރައްވާކަން އެނގިވަޑައިގަންނަވާތީއެވެ. 

ދަރިފުޅު ބަލިވެގެން ޑޮކްޓަރަށް ދެއްކުމަކީ މައިންބަފައިން ކުރަންޖެހޭ ކަމެކެވެ. މަންމަ ނުވަތަ ބައްޕައަށް ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދެވެން ނެތްނަމަ ފޮނުވަންވާނީ ޢާއިލާގެ މީހަކާއިއެކުގައެވެ. އެފަދަ ކަންކަން ބޯއިފްރެންޑާއި ޙަވާލުކުރެވޭނަމަ އެއިގެ މާނައަކީ ހިލޭ ފިރިހެނަކާއި ދަރިފުޅު ޙަވާލުކުރެވިފައިވާ ކަމެވެ.  

ލޮބުވެތި މައިންބަފައިންނޭވެ! ދަރިން ބެލެހެއްޓުމުގެ ޒިންމާ އުފުލާށެވެ! ހިލޭ ފިރިހެނުންނާއި ޙަވާލުނުކުރާށެވެ! ކައިވެނިކުރުވާފައި ފިރިމީހާ އާއި ދަރިން ޙަވާލުކުރާށެވެ! ޒިންމާ އުފުލުމަކީ އެއީއެވެ.

 

މިއަދު އޮންލައިން