ދަރިން ގެންގުޅުމުގަ ސަމާލުވާތި!: ޢުމުރުން 6 އަހަރުވުމުން ކުދިންނަށް ބޮޑެތި މީހުންގެ ވިސްނުން ލިބެންފަށާނެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ދަރިން ގެންގުޅުމުގަ ސަމާލުވާތި!: ޢުމުރުން 6 އަހަރުވުމުން ކުދިންނަށް ބޮޑެތި މީހުންގެ ވިސްނުން ލިބެންފަށާނެ!: ބިލާލް އައްސަދު

ގިނަ ބެލެނިވެރިންނަށް ވިސްނެނީ ކުދިންނަށް ބޮޑެތި މީހުންގެ ވިސްނުން ލިބެންފަށާނީ ޢުމުރުން 15 އަހަރުވުމުން ނުވަތަ އެއަސްވުރެވެސް ދޮށިވުމުން ކަމަށެވެ. ނަމަވެސް އެކަން މެދުވެރިވަނީ އެގޮތަކަށް ނޫނެވެ.  

މިހާރުގެ ހޯދުންތަކުން އެނގޭ ގޮތުގައި ކުއްޖާގެ ޢުމުރުން 6 އަހަރު 7 އަހަރުގައި ކުއްޖާގެ ސިކުނޑީގެ ކުރި (ނިތްކުރިއާއި ކައިރި ބައި) ބޮޑުވާން ފަށައެވެ. އެކުއްޖަކަށް ކަންކަން މެދުވެރިވާ ގޮތާއި ދިރިއުޅެންޖެހޭ މާޙައުލުގެ ކަންކަން ހުންނަ ގޮތުން އެކުއްޖާއަށް ބޮޑެތި މީހުންގެ ވިސްނުން ލިބެން ފަށައެވެ. މިބައި ބޮޑުވެ ހަމަޖެހެނީ 25 އަހަރުގައެވެ.  

ތިމާއަށް އެންމެ ފައިދާކުރާނެ ގޮތް ދެނެގަންނަން އެނގި ރަނގަޅުކަންތަކާއި ނުބައި ކަންތައް ވަކިކުރުމުގެ ކުޅަދާނަކަން ކުދިންނަށް ލިބެންފަށާނީ އެހިސާބުންނެވެ.  

ބުނެލަން ބޭނުންވަނީ 6، 7 އަހަރުވުމުން ކުޑަކުދިން ކަމަށް ބަލައިގެން ކުދިންނަށް ދައްކަން ނުވާނެ ކަންކަން ނުދައްކާށެވެ! އެކަންކަން ފެންނަން ފެށުމުން ކުދިންގެ ސަމާލުކަން އެކަންކަމަށް ދޭންފަށާށެވެ! އަދި ވާހަކަ ދައްކައި އުޅުމުގައިވެސް ސަމާލުވެ ރިވެތި ގޮތުގައި ނޫނީ މުޢާމަލާތުނުކުރާށެވެ! މާނައަކީ އިއްވައިގެން ނުވާނެ ވާހަކަތަކުގެ އަޑު ނުއިއްވާށެވެ! ދައްކައިގެން ނުވާނެ ކަންކަން ނުދައްކާށެވެ!

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން